ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ދުވަހާ ގުޅޭ ހަދިޔާއެއް
ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ދުވަހާ ގުޅޭ ހަދިޔާއެއް

ހުކުރު ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކޮށްގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޖުމްއަ ސްޕެޝަލް" ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ފެށި ޕްރޮމޯޝަނަކީ ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 8:30 އިން 10:30 އާ ދެމެދު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހުކުރު ދުވަހާ ގުޅޭ ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެކެވެ.

"މިއީ ވަރަށް އާއިލީ ދުވަހެއް. އެ ދުވަހު އާންމުކޮށް ކައްކާ އުޅޭ އެއްޗިއްސާ ގުޅުވާލައިގެން އަޅުގަނޑުމެންގެ ހަދިޔާތައް ހުންނާނީ،" އެސްޓީއޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

އެ ޕްރޮމޯޝަން ފެށި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވަނީ އެ ދުވަހު ވިޔަފާރިކުރި ކޮންމެ ކަސްޓަމަރަކަށް ޗޮއިސް ބްރޭންޑްގެ ބާސްމަތީ ހަނޑޫ ޕެކެޓެއް ދީފަ އެވެ.

ހަދިޔާގެ ގޮތުގައި ދޭނީ ހުކުރު ދުވަހު އާންމުކޮށް ގިނަ ކަސްޓަމަރުން އެ ފިހާރައިން ގަންނަ ވައްތަރުތަކުގެ ތެރެއިން އެއްޗެއް ކަމަށާއި ކޮންމެ ހަފްތާއަކު ދޭ ހަދިޔާ ތަފާތުވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރިބްރޭންޑްކޮށް ޒަމާނީ ބަދަލުތަކާ އެކު ހައިޕަ މާކެޓް އުސޫލަށް ހިންގާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ މާޗުމަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ތަފާތު ބްރޭންޑުތަކުގެ ތަފާތު ވައްތަރުގެ ޕްރޮޑަކްޓްތައް އެއްތަނަކުން ލިބޭ ތަނެކެވެ.