މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައިފި
މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވި ދެ މީހުން މިހާރު އޭޑީކޭ އަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގީ މިރޭ ނުވައެއް ޖަހާލާހާއިރު ހިތަށްފިނިވާމަގުގަ އެވެ. އަދި މާރާމާރީގައި ހަމަލާދޭން ގެންގުޅުނީ ލަކުޑިބުރި އާއި ދަގަނޑު ކަމަށް ވަނީ އެނގިފަ އެވެ.

މި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.