ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕު މަނަދޫގައި
ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕު މަނަދޫގައި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެކި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަލްޓި ސެޕްޝަލްޓީ ހެލްތު ކޭމްޕު، މި މަހު ނ. މަނަދޫގައި ބާއްވައިފި އެވެ.

ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕު މަނަދޫގައި
ޓްރީ ޓޮޕްގެ މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕު މަނަދޫގައި

މި މަހުގެ 12 އިން 13 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ވަނީ ބައިވެރިވެފަ އެވެ. ކޭމްޕުގައި އެ ހޮސްޕިޓަލުގެ ކަށީގެ ހާއްސަ ޑޮކްޓަރުންނާއި، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވެފައިވާ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި، ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ޓްރީ ޓޮޕުން ބުނީ އެ ކޭމްޕަކީ ސިއްހީ ހިދުމަތްތައް ހޯދުމުގެ ދަތިކަމުގެ ސަބަބުން އެކަށީގެންވާ ހިދުމަތް ނުލިބި ތިބި މީހުންނަށް އެ ހިދުމަތް ފޯރު ކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ. ހޮސްޕިޓަލުން ބުނީ އެ ކޭމްޕުގައި 200 އަށް ވުރެ ގިނަ ބަލި މީހުންގެ ހެލްތު ސްކްރީނިން ހަދާފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ޕޭޝަންޓުން ދެނެގަނެ، އެ މީހުންގެ ރިފަރަލް ހަމަޖައްސައިދިނުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސައިދިނެވެ.

އެ ކޭމްޕުގައި ބައިވެރިވެވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައު ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އަހްމަދު އާޒިމް އަބްދުލްޝަކޫރާއި ކަށީގެ ޑޮކްޓަރު، ޑރ. އަލީ މުޒްނީ އާއި ކަރުންމަތީގެ ހާއްސަ ޑޮކްޓަރު، ޑރ. ޗަންދުރަޝޭކަރު ރަވާލް އާއި ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރު. ޑރ. މެހްމަތް އޮޑާ އާއި ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އިޒުއްދީން އާއި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. އަބްދުލް އަޒީޒް އަހުމަދެވެ.