ޕީއެޗްޑީ އަށް ކިޔަވަންް ނުވަ މީހަކަށް އިސްލާމިކް ޔުނިވަސިޓީން ސްކޮލަޝިޕްް ދީފި
ޕީއެޗްޑީ އަށް ކިޔަވަންް ނުވަ މީހަކަށް އިސްލާމިކް ޔުނިވަސިޓީން ސްކޮލަޝިޕްް ދީފި

ޕީއެޗްޑީ އަށް ކިޔެވުމަށް އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން 10 ސްކޮލަޝިޕް ރޭ ދީފި އެވެ.

އައިޔޫއެމް ގައި ބޭއްވި ހަފުލާގައި ސްކޮލަޝިޕް ލިބުނު މީހުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެ ޔުނިވަސިޓީގެ ކައުންސިލްގެ ކުރީގެ މެމްބަރު އަދި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.

ރޭ ހަވާލުކޮށްފައިވަނީ ތިން ޔުނިވަސިޓީއެއްގެ ސްކޮލަޝިޕް ތަކެކެވެ. އެއީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) އާއި ޔުނިވަސިޓީ އޮފް ބްރޫނާއީ ދާރުލްސަލާމް (ޔޫބީޑީ) އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް އިން އެ ޔުނިވަސިޓީގެ މުވައްޒަފުންނަށް ދީފައިވާ ސްކޮލަޝިޕްތަކެވެ.

އައިއައިއައިޓީ އޮން ދިނީ ޕީއެޗްޑީ އަށް ކިޔެވުމަށް ހަތަރު ސްކޮލަޝިޕެކެވެ. އެއީ ތައުލީމާއި ގާނޫނީ ދާއިރާ އާއި އިސްލާމިކް ރިވިއު ނޮލެޖްގެ ދާއިރާ އިން ކުރިއަށް ދިއުމަށެވެ. ޔޫބީޑީން ވެސް ދީފައިވަނީ ތައުލީމީ އެކި ދާއިރާތަކުން ޕީއެޗްޑީ އަށް ދޭ ސްކޮލަޝިޕެވެ. އިސްލާމިކް ޔުނިވަސިޓީން ދެނީ ކިޔަވައިދިނުމާ ގުޅޭ ދާއިރާއެއްގެ މާސްޓާސް އަދި ތައުލީމް ދާއިރާގެ ޕީއެޗްޑީ ސްކޮލަޝިޕެވެ.

އައިއައިއައިޓީން ވަނީ އެ އިންސްޓިޓިއުޓުން ދީފައިވާ ޕީއެޗްޑީ ހަތަރު ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންގެ ޓިއުޝަން ފީ މާފުކޮށްދީފަ އެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 850 މެލޭޝިއަން ރިންގިޓް ދޭނެ އެވެ. ތައުލީމް ހާސިލްކުރުމަށް ފަހު ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ހިދުމަތް ކޮށްދޭންޖެހެ އެވެ.

ޔޫބީޑީގެ ސްކޮލަޝިޕްގައި ކިޔަވާ ދަރިވަރުން ވެސް އިސްލާމިކް ޔުނިވަސިިޓީ އަށް ނުވަތަ ރާއްޖެ އަށް ބޮންޑެއްގެ ދަށުން އެއްބަސްވެވޭ މުއްދަތަށް ހިދުމަތް ކޮށްދޭން ޖެހެ އެވެ.