14 އޯގަސްޓް 2022 - 17:16

ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ "މަސްހުނި" ދަޅުގެ އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.
މި ފަހަރު ނެރުނީ ކުޅިމަޑު ކެއުމަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށް "ޒީރޯ ޗިލީ" އާއި ކުޅިގަދަކޮށް ކާން ބޭނުންވާ މީހުންނަށް "އެކްސްޓްރާ ސްޕައިސީ" މަސްހުނި ދަޅެވެ.
ހޮރައިޒަނުން ބުނީ، އާ ދެ އުފެއްދުމެއް މާކެޓަށް ނެރުނީ ކޮންމެ މީހަކަށް ވެސް ކެވޭނެ ފަދަ މަސްހުނި ދަޅެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
އެ ކުންފުނިން މަސްހުނި ދަޅު ވިއްކަން ފެށީ މި ދިޔަ އަހަރެވެ.
އެ ފިހާރަ އިން ބުނިގޮތުގައި، އެ މަސްހުނި ދަޅުގެ އާ ދެ ވައްތަރެއް ނެރުނީ މަސްހުންޏަކީ ރާއްޖޭގައި ނާސްތާ ކުރަން ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށް ވުމުން ފަސޭހައިން އެ ލިބޭނެ ގޮތެއް ހެދުމަށެވެ.
ހޮރައިޒަނުން މަސްހުނީގެ އާ ދެ އުފެއްދުމެއް ތައާރަފު ކުރީ މިދިޔަ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯގަ އެވެ. އެ ކުންފުނިން ހިންގާ ސީފުޑް ޕްލަސްގެ އެކި އުފެއްދުންތައް އެ އެކްސްޕޯގައި ދައްލައިލި އެވެ.