14 އޯގަސްޓް 2022 - 14:54

ރާއްޖޭގައި ޓޫރިޒަމް ފެށިތާ މިއަހަރަށް 50 އަހަރު ފުރޭތީ، އެ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.
އެ އޮފީހުން ބުނީ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފުރަތަމަ ފަހަރަށް، އޮކްޓޫބަރު 3 ގައި ފާހަގަކުރާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދުވަސް ބަންދުކުރަން ނިންމީ އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާތީވެ ވަޒީރުންގެ މަޖިލީހުން އެކަމަށް ރައީސް އަށް ލަފާ އެރުވުމުން ކަމަށެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އާއި ޓޫރިޒަމް ޖަމިއްޔާތަކުން އަންނަނީ މުޅި އަހަރަށް ވާ ގޮތަށް އެކި ހަރަކާތްތައް ބާއްވަމުންނެވެ.