ކަރަން ޖޯހަރުގެ ދެ ފިލްމެއްގައި ސާރާ
ކަރަން ޖޯހަރުގެ ދެ ފިލްމެއްގައި ސާރާ

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދެ ފިލްމެއްގައި ޒުވާން ތަރި، ސާރާ އަލީ ހާން މަސައްކަތްކުރާ ކަމަށް ކަރަން ބުނެފި އެވެ.

ސިދާތު ކަންނާގެ ޗެޓް ޝޯއެއްގައި ކަރަން ވަނީ ސާރާއާ އެކު ދެ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އެމެޒޮންއާ އެކު ސާރާ ކުޅޭ ފިލްމެއް ކަމަށާއި އެ ޕްރޮޖެކްޓް ޕްރޮޑިއުސްކުރަނީ ކަރަން ކަމަށް އޭނާ ބުންޏެވެެ.

އިތުރު ފިލްމެއްގެ މަސައްކަތް ވެސް ސާރާ، އޭނާއާ އެކު ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެ ފިލްމަށް ވަރަށް އެކްސައިޓްވެފައިވާ ކަމަށް ކަރަން ބުންޏަސް އެ ޕްރޮޖެކްޓްގެ ތަފްސީލެއް ނުދެ އެވެ.

މީގެ ހަތަރު އަހަރުކުރިން ފިލްމީ ދާއިރާއަށް ނިކުތް ސާރާ ވަނީ މިހާތަނަށް ފަސް ފިލްމަކުން ފެނިފަ އެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީ އާއި އަނަންދު އެލް ރާއީ ފަދަ ޑައިރެކްޓަރުންނާ އެކު އޭނާ މަސައްކަތްކުރި އެވެ. އެކަމަކު އަދި ކަރަން ޖޯހަރުގެ އެއްވެސް ފިލްމެއްގައި އޭނާ މަސައްކަތެއް ނުކުރެ އެވެ.

ފުރަތަމަ ފަހަރަށް ކަރަންގެ ފިލްމަކުން ސާރާ ފެންނާނެކަން އިއުލާންކުރިއިރު ސާރާ މިވަގުތު މަސައްކަތްކުރަނީ "ލަކްސްމަން އުތޭކަރު" ކިޔާ ފިލްމެއްގަ އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ ވިކީ ކޯޝަލްއާ އެކު އެވެ.