"ބީއެމްއެލް ކޮމިއުނިޓީ ފަންޑުން" މާއުނގޫދޫއަށް ސޯލާ ބައްތި ހަދިޔާކޮށްފި
"ބީއެމްއެލް ކޮމިއުނިޓީ ފަންޑުން" މާއުނގޫދޫއަށް ސޯލާ ބައްތި ހަދިޔާކޮށްފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ށ. މާއުނގޫދޫގެ ބައެއް މަގުބައްތިތައް ބަދަލުކުރުމަށް ސޯލާ ބައްތިތަކެއް ހަދިޔާ ކޮށްފިއެވެ.

"ބީއެމްއެލް ކޮމިއުނިޓީ ފަންޑުން" މާއުނގޫދޫއަށް ސޯލާ ބައްތި ހަދިޔާކޮށްފި
"ބީއެމްއެލް ކޮމިއުނިޓީ ފަންޑުން" މާއުނގޫދޫއަށް ސޯލާ ބައްތި ހަދިޔާކޮށްފި

ބީއެމްއެލްއިން ބުނީ އެ މަސައްކަތަކީ އެ ބެންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ރަށްރަށުގައި ދެމެހެއްޓެނިވި ގޮތުގައި ހިންގާ މަސައްކަތްތަކަށް އެހީ ވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. ބީއެމްއެލްއިން ބުނީ މާއުނގޫދޫގައި މީހުން އާބާދުވަމުން އަންނަ ސަރަހައްދާއި އިތުރު މަގުތައް ހިމެނޭހެން 25 މަގު ބައްތިއެއް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް އެ ޕްރޮޖެކްޓުގެ ދަށުން ބަދަލު ކޮށްފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓު ހިންގާފައި ވަނީ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖުންނެވެ. އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ޖައްމިޔާއިން ބުނީ މީގެ ކުރިން މަގުތަކުގައި އަލިކަން ނެތި ރައްޔިތުން ބޮޑެތި ދަތިތަކެއް ތަހައްމަލު ކޮށްފައިވާ ކަމަށެވެ. އަދި އެ ޖައްމިއްޔާގެ އުއްމީދަކީ އެ ބައްތިތަކާ އެކު މަގުތައް އަމާންވެ، ރައްޔިތުންނަށް ލުއިފަސޭހަވެގެން ދިޔުން ކަމަށް ވެސް ބުންޏެވެ. އެ ޖައްމިއްޔާއިން ބުނީ ތިމާވެއްޓާ ރައްޓެހި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންް އަންނަ މަސައްކަތަށް، ބީއެމްއެލްގެ އެހީއާ އެކު ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބެންކުން ތައާރަފްކުރި ފަންޑެކެވެ.