ޕަރީނިތީގެ ކުރިއަށް އޮތް ފިލްމުގެ ޕޯސްޓަރު ދައްކާލައިފި
ޕަރީނިތީގެ ކުރިއަށް އޮތް ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު އިއުލާންކޮށް، ޕޯސްޓަރެއް ދައްކާލައިފި އެވެ.

ޕަރިނީތީގެ ކުރިއަށް އޮތް ފިލްމަކީ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހަރްދީ ސަންދޫއާ އެކު އޭނާ ކުޅޭ އިންޑިއާގެ މިނިވަން ދުވަހާ ގުޅޭ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދެ އެކްޓަރުން ދައްކާލާފައިވާއިރު ފެންނަނީ ދެ ތަރިންގެ މޫނުމަތިން ވެސް އެކި ވަރުގެ ޒަހަމްތަކެވެ. ކެޕްޝަނުގައި ޖަހާފައި ވަނީ "ކަމިން ސޫން" އެވެ. ބެލެވޭ ގޮތުގައި ފިލްމު ރިލީޒްކުރާނީ އިންޑިއާގެ މިނިވަން ދުވަހަކާ ދިމާކޮށެވެ.

ޕަރިނީތީ އެންމެ ފަހުން ފެނުނީ ފިލްމު "ސައިނާ" އިންނެވެ. އެއީ އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާގެ ހަޔާތަށް ނެރުނު ފިލްމެކެވެ.

ޕަރިނީތީގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތުޔާއާ ޑައިރެކްޓްކޮށް ނެރޭ "އޫޗާއީ" ގައި ވެސް އޭނާ ފެންނާނެ އެވެ. އެ ފިލްމުގައި އަމީތާބު ބައްޗަން އާއި އަނުޕަމް ކޭރް އަދި ބޯމަން އިރާނީ އާއި ނީނާ ގުޕްތާ ވެސް މަސަައްކަތްކުރާނެ އެވެ.