ޑްރީމް ގާލް 2 ގައި އަޔޫޝްމަންއާ އެކު ފެންނާނީ އަނަންޔާ
ޑްރީމް ގާލް 2 ގައި އަޔޫޝްމަންއާ އެކު ފެންނާނީ އަނަންޔާ

ބޮލީވުޑްގެ ތަރި، އަޔޫޝްމަން ކުރާނާ އާއި ނުޝްރަތު ބަޗުރާ ލީޑުން ފެނުނު ފިލްމު "ޑްރީމް ގާލް" ގެ ދެވަނަ ބައިގައި އަޔޫޝްމަންއާ އެކު މަސައްކަތްކުރުމަށް ޒުވާން ތަރި، އަނަންޔާ ފާންޑޭއަށް ފުރުސަތު ލިބިއްޖެ އެވެ.

ޑްރީމް ގާލް 2 ގައި އަޔޫޝްމަންއާ އެކު ފެންނާނީ އަނަންޔާ
ޑްރީމް ގާލް 2 ގައި އަޔޫޝްމަންއާ އެކު ފެންނާނީ އަނަންޔާ

ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމު ޑްރީމް ގާލްގެ ދެވަނަ ބައެއް އުފައްދަން ނިންމާފައިވާއިރު އޭގެ ލީޑު އަންހެން ތަރިއަކީ ކޮބައިކަމެއް ކުރިން އާންމެއް ނުކުރެ އެވެ. އޭރު އަޑުތައް އެރި ގޮތުގައި ފިލްމަށް ނެގީ ނާގިން 6 ގެ ތަރި ތެޖަސްވީ ޕްރަކާޝް ނުވަތަ ސާރާ އަލީ ހާނެވެ.

އެކަމަކު މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި އެ ރޯލު ލިބުނީ އަނަންޔާއަށެވެ. ޑައިރެކްޓަރު ރާޖް ސަންދިލްޔާގެ ފިލްމު ޑްރީމް ގާލް 2 ގެ ލީޑު އެކްޓަރުގެ ގޮތުގައި ފެންނާނީ ފުރަތަމަ ބައިން ވެސް ފެނުނު އަޔޫޝްމަން އެވެ. އަދި އެ ފިލްމުގެ އެކްޓްރެސްއަކަށް އަނަންޔާ ހަމަޖެއްސުމަށް އޭނާއާ އެކު މަޝްވަރާކުރި ކަމަށާއި މިހާރު އެ ރޯލަށް އޭނާ ފައިނަލްކޮށްފައިވާ ކަމަށް "ޕިންކްވިލާ" ގައި ރިޕޯޓްކުރެ އެވެ.

އަނަންޔާއަކީ ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކުން ބޮލީވުޑަށް ނިކުތް ފަންނާކެވެ. އޭނާ އެންމެ ފަހުން ފެނުނީ "ގެހެރާއިޔާ" އިންނެވެ. މިމަހު 25 ގައި އޭނާ އާއި ދެކުނު ފިލްމުތަކުން މަޝްހޫރު ތަރި، ވިޖޭ ދެވެރަކޮންޑާގެ ފިލްމު "ލައިގާ" ރިލީޒްކުރާނެ އެވެ.