އެއާޕޯޓާއި ވިޔަފާރި ބަނދަރާއި ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅާލަނީ
އެއާޕޯޓާއި ވިޔަފާރި ބަނދަރާއި ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބޯޑާ ކޮންޓްރޯލާއި މާލޭގެ ވިޔަފާރި ބަނދަރާއި ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތައް އެއް ނިޒާމަކުން ގުޅާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓާއި ވިޔަފާރި ބަނދަރާއި ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅާލަނީ
އެއާޕޯޓާއި ވިޔަފާރި ބަނދަރާއި ކަސްޓަމްސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅާލަނީ

އެމްޕީއެލް އިން ވިޔަފާރި ބަނދަރުގެ ބޭނުމަށް ގެނައި ވެހިކަލްތައް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އިގްތިސާދާ ގުޅުން ހުރި އިދާރާތަައް ގުޅާލައިގެން ހިދުމަތް ދިނުމުގެ ބޭނުމަކީ ވިޔަފާރިވެރިންނަށް ފަސޭހަ ކޮށްދިނުން ކަމަށެވެ.

"މިހާރު ވެސް ކަސްޓަމްގައި އެހެރީ ސިންގަލް ވިންޑޯ އިމްޕްލިމެންޓް ކުރެވިފައި. އެކަން ކޮމިޝަނާ ޖެނެރަލް ދާދި ފަހުން ވަނީ އިއުލާން ކުރައްވާފައި،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގައި ވިޔަފާރިއާ ގުޅުން ހުރި ގާތްގަނޑަކަށް 31 ޑޮކިއުމަންޓް މި އަހަރު ނިމެންވާ އިރަށް އުވާލާނެ ކަމަށެވެ.

"މާނައަކީ ވިޔަފާރިވެރިންނަށް ފަސޭހަވާނެ އެތައް އެތައް ކަންތައްތަކެއް މި ބިއުރޮކްރަސީ ނެތިދިއުމުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބިގެންދާނެ. އަދި ހަމަ އެއާއެކު މި ބަނދަރަށް ގެންނަން ބޭނުންވާ ތަރައްގީ އަވަސް އަރުވާލުމެއް ނެތި، އަޅުގަނޑުމެންގެ ގައުމީ މިލްކެއްގެ ގޮތުގައި ގައުމިއްޔަތު އެއާޕޯޓެކޭ އެއްފަދައިން ތަރައްގީކުރަން ބޭނުންވާތީ މި ސްޕީޑްގައި މިހާ ވިސްނުންތެރިކަމާ އެކީ މިދެވެނީ،" ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ "އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއްގައި އަޅުގަނޑުމެންގެ ކޮންޓްރޯލް ގެއްލޭކަށް ބޭނުން ނުވާ" ކަމަށެވެ.

"މިއަދު ފަންސާހަކަށް ރިސޯޓް ހެދިގެން ދޭ. އެތައް އެތައް ޕްރޮޖެކްޓްތަކެއް ހިނގަމުން ދޭ. އެމްޕީއެލްގެ ހުޅުމާލޭ ސަރަހައްދުގައި ވަރަށް ބޮޑު މަޝްރޫއުތަކެއް ހިނގަމުން އެބަދޭ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ހުޅުމާލޭގެ ޕޯޓް ސަރަހައްދަށް އަލަށް އިތުރުކުރެވޭ ޖާގައާ އެކު ޑެމަރޭޖްގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެ ތަނުގައި ކޮންޓެއިނަރު ބެހެއްޓުމަށް ކުއްޔަށް ދޭ ޖާގަ އާއި ކޯލްޑް ސްޓޯރޭޖް އަދި ބޮންޑެޑް ވެއާ ހައުސްގެ ޖާގަ ވެސް ދެ ގުނަ އިތުރުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އެއާ ކާގޯ އަންނަ މިންވަރު ވެސް ވަނީ އިތުރުވެފައި. މިއަދު އެއާޕޯޓާއި ސީ ޕޯޓް ވެސް މިދަނީ ބިޒީވަމުން،" ސައީދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ވަނީ ބަނދަރުގައި ބޭނުންކުރުމަށް ހަ ރީޗް ސްޓެކާ އާއި ހުސް ކޮންޓެއިނަރު އުފުލާ ހަތަރު ވެހިކަލާއި ދެ ފޯކް ލިފްޓް ވެސް ގެނެސްފަ އެވެ. އެ ތަކެތީގެ އަގު ގާތްގަނޑަކަށް ދިހަ މިލިއަން ޑޮލަރަށް އަރަ އެވެ.