09 އޯގަސްޓް 2022 - 06:12

މީގެ 33 އަހަރުކުރިން، 1989 ގައި ނެރުނު ކާމިޔާބު ފިލްމު، "ތުރިދޭވް" ގެ ރިމޭކެއް ހަދަން ނޫޅޭ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ރާޖީވް ރާއީ ބުނެފި އެވެ.
ތުރިދޭވްގެ އޮރިޖިނަލް ފިލްމުގައި ފެންނަނީ ސަނީ ޑިއޯލް އާއި ޖެކީ ޝްރޮފް އަދި ނަސީރުއްދީން ޝާހެވެ.
އެ ފިލްމުގެ ރިމޭކެއް ހެދުމަށް ޑައިރެކްޓަރު، ސަލްމާން ހާނާ އެކު މަޝްވަރާކުރި ކަމަށް ރިޕޯޓްކުރުމުން އެކަން ޑައިރެކްޓަރު ރާޖީވް ވަނީ ދޮގު ކޮށްފަ އެވެ. އޭނާ ބުނީ، އޭނާގެ އަމިއްލަ ފިލްމެއް ވެސް އަދި އެހެން މީހެއްގެ ފިލްމެއް ވެސް ރިމޭކް ހެދުމަށް އޭނާ ނުވިސްނާ ކަމަށެވެ. އެކަހަލަ އޮފާތައް ލިބެމުން އަންނަ ކަމަށާއި އެކަމަކު އެކަން ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ތްރިދޭވްގެ ރިމޭކެއް ދުވަހަކު ވެސް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ސަބަބަކީ އޭނާގެ ގިނަ އަދަދެއްގެ ފިލްމުތަކެއް ހުރުމުން ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ އަލަށް ފިލްމީ ދާއިރާއަށް ނިކުންނަ ބަޔަކާ އެކު ޖެއިޕޫރުގަ އެވެ.