މަރައިލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ އަންހެނެއް
މަރައިލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ އަންހެނެއް

ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ ޒުވާން އަންހެނެކެވެ.

މަރައިލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ އަންހެނެއް
މަރައިލައިފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ އަންހެނެއް

އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދަކީ މިއުޒިކު ކުޅޭ ޒުވާނެކެވެ. މިއުޒިކު ކުޅެ، ލަވަ ކިޔައިފައިވާ ވީޑިއޯތައް އޭނާގެ އިންސްޓަގްރާމުގައި ވެސް އަޕްލޯޑްކޮށްފައި އެބަހުއްޓެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ އަލީ ޝާހިލް، 23 ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ވަނީ ގެންގޮސްފަ އެވެ. އޭނާއާ ޝިއާއުއާ އޮތީ ކޮން ގުޅުމެއްކަމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ ދެ މީހުންނަކީ ލޯބިވެރިންނެއް ނޫނެވެ.

އޭނާ މަރާލައިފައި އޮއްވައި ފެނުނީ ޝީރީންވިލާގެ ނުވަވަނަ ބުރިންނެވެ.

އެނގިފައިވާ ގޮތުގައި އެއީ ޝާހިލްގެ އެޕާޓްމަންޓެވެ. މަރާލައިފައި އޮތް އިރު އޭނާގެ ކަރު ބުރިކޮށްލައި، އަތާއި ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަން "މިހާރު" އަށް ވަނީ ކަށަވަރު ވެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޒަަހަމްތަކަކާއެކު މަރާލައިފައިވާ އަންހެނަކު މާލޭ ގެއެއްގެ ތެރެއިން ފެނިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން ސީންއިން މީހަކު ބެލުމުގެ ދަަށަށް ގެނައި ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެ އެވެ.