ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އާ އަހަރަށް ތައްޔާރު: މިނިސްޓްރީ
ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އާ އަހަރަށް ތައްޔާރު: މިނިސްޓްރީ

ދޮޅު މަސް ދުވަހުގެ ބަންދަކަށް ފަހު މާދަމާ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު، ކުދިންގެ ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އާ އަހަރަށް ތައްޔާރު: މިނިސްޓްރީ
ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އާ އަހަރަށް ތައްޔާރު: މިނިސްޓްރީ

ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެ މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ބޮޑު ޗުއްޓީ ފެށުމުގެ ކުރިން ސްކޫލްތަކަށް ޓީޗަރުން ހަމަކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތަށް އެދިފައިވާ ސްކޫލްތަކަށް މިދިޔަ މިދިޔަ މަހުގެ ތިނަކުން ފެށިގެން ޓީޗަރުން ގެންނަން ފަށާފައިވާ ކަމަށާއި އެ ހުރިހާ ތަނަކަށް ޓީޗަރުން ހަމަކޮށްފައިވާ ކަމަށް މުޖާހިދު ވިދާޅުވި އެވެ.

އެކި ސްކޫލްތަކަށް 122 ޓީޗަރުން ބޭނުންވެގެން މިނިސްޓްރީގައި އެދިފައިވެ އެވެ.

ބިދޭސީ ޓީޗަރުން: 1،693

ދިވެހި ޓީޗަރުން: 6،006

ވަގުތީ ޓީޗަރުން: 665

ޖުމްލަ: 8,364

މުޖާހިދު ވިދާޅުވިގޮތުގައި ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ޓީޗަރުން ހަމަކުރުމުގެ މަސައްކަތް، އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު އަވަހަށް ފެށި އެވެ. އަދި ބިދޭސީން ތިބޭ މަގާމުތަކަށް ދިވެހިން ހޯދަން މިދިޔަ ޖޫން މަހު އިއުލާންކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވިދާޅުވީ ޓީޗަރުން ހަމަކުރެވުނަސް އަދި ވެސް ސެކަންޑަރީ ގްރޭޑުތަކަށް ދިވެހިން ހޯދަން ދަތިވާ ކަމަށެވެ.

- 92،300 (ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމަނައިގެން)

ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުން ހަމަކުރެވުނަސް، މޫސުން ގޯސްވުމުގެ ސަބަބުން ރަށްރަށަށް ފޮތް ފޮނުވުމުގައި ދަތިތައް ވަނީ ދިމާވެފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިއަދު ހުރިހާ ރަށަކަށް ފޮތްތައް ވެސް ލިބޭނެ ކަމަށެވެ.

ނަމަވެސް ބައެއް ފަހަރު ދަރިވަރުންގެ ސްކޫލް ބަދަލުވުމުން ފޮތްތައް ނުލިބޭ ކަމުގެ ޝަކުވާ ކުރި ނަމަވެސް، އެފަދަ ހާލަތްތަކުގައި މިނިސްޓްރީން ވައުޗަރު ދޫކުރަނީ އެ ދަރިވަރަކު ކުރިން ކިޔެވި ސްކޫލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެހެން ރަށެއްގެ ސްކޫލަކަށް ނުވަތަ މާލެއަށް ކިޔަވަން ބަދަލުވާއިރު، އެ ދަރިވަރު ކުރިން ކިޔެވި ސްކޫލުން ވައުޗަރު ނެގުމަށް މިނިސްޓްރީން އެދެ އެވެ.

"ޓީޗަރުންނާއި ފޮތްތައް ވެސް ހަމަވެ، ދިރާސީ އާ އަހަރަށް މި ވަނީ ތައްޔާރުވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.