ބްރެޒިލްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 56 މީހުން މަރާލައިފި
ބްރެޒިލްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 56 މީހުން މަރާލައިފި

ސައޮ ޕޯލޯ (ޖެނުއަރީ 3) - ބްރެޒިލްގެ އުތުރުގެ އެމަޒޮނަސްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 56 މީހުން މަރާލައިފި އެވެ. އަދި އެތައް ބަޔަކު ވަނީ ޖަލު ފަޅާލައިގެން ފިލައިފަ އެވެ.

ބްރެޒިލްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 56 މީހުން މަރާލައިފި
ބްރެޒިލްގެ ޖަލެއްގައި ހަމަނުޖެހުން ހިންގާ 56 މީހުން މަރާލައިފި

އޮފިޝަލުން ބުނީ ޖަލުން ފިލި 87 މީހުންގެ ތެރޭން 40 މީހުން އަތުލައިފައިވާ ކަމަށެވެ.

ޖަލުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ އާދިއްތަ ދުވަހު އެވެ. ހަމަނުޖެހުންތައް މައިތިރިވީ 17 ގަޑިއިރު ފަހުންނެވެ. މިއީ ބްރެޒިލްގެ ފަހުގެ ތާރީޚުގައި ޖަލުގައި ހިންގި އެންމެ ބޮޑު ހަމަނުޖެހުމެވެ. އެމަޒޮނަސް ސްޓޭޓް އެންމެ ބޮޑު ޖަލު އެނިސިއޯ ޖޮބިމް ޕެނިޓެންޝަރީ ސެންޓަރުގައި ހަމަނުޖެހުން ހިންގަން ފެށީ ޖަލުގެ ދެ ގޭންގެއްގެ މެދުގަ އެވެ. އެއީ ދެ ގޭންގުން ޖަލުގެ ކޮންޓްރޯލް ހޯދާށާއި ޑްރަގު އެތެރެކުރަން އުޅުމުގައި ދިމާވި މައްސަލަތަކެއްގަ އެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ހަ ގައިދީއެއްގެ ބޯ ވެސް ވަނީ ކަނޑާލައިފަ އެވެ. އަނެއް ބައެއްގެ ގައިގައި ވަނީ ރޯކޮށްލައިފަ އެވެ. ޖަލުގެ ހަމަނުޖެހުން މައިތިރިވީ ގައިދީން އަމިއްލަ އަށް އަމާންދީ އެ މީހުން ރަހީނު ކުރި 12 ގާޑުން ދޫކޮށްލުމުންނެވެ.

ހަމަނުޖެހުން މައިތިރިވުމުން ފުލުހުން ޖަލު ބަލާ ފާސްކުރި އިރު ވަނީ ހަތިޔާރު ވެސް ފެނިފަ އެވެ. އަދި ޖަލުތެރޭގައި ވަނީ ބިމުއަޑިން މަގު ކޮނެފަ އެވެ.

ބްރެޒިލަކީ ދުނިޔޭގައި ހަތަރު ވަނަ އަށް، ޖަލުތަކުގައި އެންމެ މީހުން ގިނަ ގައުމެވެ. ބްރެޒިލްގެ ޖަލުތަކުގައި 600،000 އަށް ވުރެ ގިނަ ގައިދީން ތިބި ކަމަށްވެ އެވެ. ޖަލުތަކުގައި ހަމަނުޖެހުން ހިންގާ ސީރިއަސް މައްސަލަތައް އުފެދެން ދިމާވަނީ ޖަލުގައި މާ މީހުން ގިނަވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބްރެޒިލްގައި ހަމަނުޖެހުން ހިންގި ޖަލުގެ ޖާގައަކީ 454 އެވެ. ނަމަވެސް އެ ޖަލުގައި 1،224 ގައިދީން ތިބި ކަމަށްވެ އެވެ.

ބެރެޒިލްގެ ސައޮ ޕޯލޯގެ ޖަލެއްގައި 1992 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި ވަނީ 111 ގައިދީއަކު މަރުވެފަ އެވެ.