50 މޭލަށް ވައިގަދަވާނެތީ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި
50 މޭލަށް ވައިގަދަވާނެތީ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ހއ. އިން އދ. އަތޮޅާ ހަމައަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަަހައްދަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓުން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 3:30 އިން ފެށިގެން ރޭގަނޑު 7:30 ގެ ނިޔަލަށެވެ.

މެޓުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ބައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. މިއަދު ހެނދުނު އެ ސަރަހައްދު އޮތީ ވައިޓް އެލާޓްގަ އެވެ. އެކަމަކު މޫސުން މާބޮޑަށް ގޯސްވެ އިތުރަށް ސަމާލުވުމަށް ޔެލޯ އެލާޓް މެޓުން ނެރުނީ އެވެ.

މެޓުން ބުނި ގޮތުގައި މި ހަފްތާ ބަންދުގައި ވެސް މޫސުން ގޯސްވާނެ އެވެ. ހުކުރު ދުވަހު ގަދަވަޔާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރާއިރު ހޮނިހިރު ދުވަހު ވެސް ދައްކަނީ ވައިގަދަކޮށެވެ. ހުކުރު ދުވަހަށް ވުރެ ހޮނިހިރުގައި ތަންކޮޅެއް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.