05 އޯގަސްޓް 2022 - 07:31

ތެލޫގޫ ސިނަމާގައި މަޝްހޫރު އެކްޓަރު ނަގާ ޗައިތަންޔާއަށް ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށް އަޑުއަރައިފި އެވެ.

މި ވާހަކަ ދެކެވެން ފެށީ ބަންސާލީގެ އޮފީހުން އޭނާ ނުކުންނަ ފޮޓޯތަކެއް އާންމުވުމާ އެކުގަ އެވެ.
ބަންސާލީ އޮފީހަށް ދިޔަ ސަބަބު ކިޔައިނުދިނަސް ރަނގަޅު ގޮތެއް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ނަގާ ބުންޏެވެ. އަދި ބަންސާލީއަކީ އެކުގައި މަސައްކަތްކުރާ ހިތްވާ ޑައިރެކްޓަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މިވަގުތު އޭނާ އުޅެނީ ބޮލީވުޑަށް ނިކުންނަ ފިލްމު، ލާލް ސިންގް ޗައްދާގެ ޕްރޮމޯޝަންތަކުގައި އަވަދިނެތި އެވެ. އެ ފިލްމު މިމަހު 11 ގައި ރިލީޒްކުރާނެ އެވެ.
އެ ފިލްމާ އެކު ބޮލީވުޑް އޮޑިއަންސުން އޭނާ ބަލައިގަންނާނެ ކަމަށް ވަރަށް އުއްމީދުކުރާ ކަމަށާއި ބޮލީވުޑްގައި އިތުރަށް ކުރިއަށް ދާނީ އެ އޯޑިއަންސް ނިންމާ ނިންމުމެއްގެ މައްޗަށް ބަލައިގެން ކަމަށް އޭނާ ބުންޏެވެ.