ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި
ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަން ޖެހޭ ގޮތަށް ހަދައިފި

އަހަރެއްގެ މައްޗަށް 20 މިލިއަން ރުފިޔާ އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން ޖީއެސްޓީ ބަޔާން އޮންލައިންކޮށް ހުށަހަޅަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލާޒިމްކޮށްފި އެވެ.

މީރާ އިން ރޭ ނެރުނު ޓެކްސް ރޫލިންއެއްގައި ބުނި ގޮތުގައި އެ މިންވަރަށް އާމްދަނީ ލިބޭ ފަރާތްތަކުން މި އަހަރުން ފެށިގެން ޓެކްސް ނެގޭ މުއްދަތުތަކަށް ހުށަހަޅާ އާއްމު ދާއިރާތަކުގެ ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭނީ މީރާގެ އޮންލައިން ޕޯޓަލް ކަމަށްވާ "މީރާކަނެކްޓް" މެދުވެރިކޮށެވެ.

މީރާ އިން އެ ގޮތަށް ހަމަޖެއްސި އިރު، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން މިހާރު ވެސް ހުށަހަޅަން ޖެހެނީ މީރާކަނެކްޓް މެދުވެރިކޮށެވެ.

މީގެ އިތުރުން، މީރާ އިން ވަނީ އަހަރަކު 20-30 މިލިއަން ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ވެސް ޖީއެސްޓީގެ ބަޔާނާ އެކު އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭ ގޮތަށް މިދިޔަ ހަފުތާގައި ހަދައިފަ އެވެ.

ރާއްޖޭގައި އާއްމުކޮށް ދޭ ހުރިހާ ހިދުމަތަކުންނާއި ވިއްކާ އެއްޗެހިން ހަ ޕަސެންޓުގެ ޖީއެސްޓީއެއް ނަގަ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ޖީއެސްޓީގެ ގޮތުގައި 12 ޕަސެންޓް ނަގަ އެވެ.