02 އޯގަސްޓް 2022 - 10:37

ދިރާގު ހައި ސްޕީޑް ފައިބަރު އިންޓަނެޓުގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ރަސްމީކޮށް ހއ. އުތީމުގައި ދޭން ފަށައިފި އެވެ.
ދިރާގުން އެ ހިދުމަތް ރަސްމީކޮށް ތައާރަފު ކޮށްފައި ވަނީ އުތީމުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކާ އެކު އެވެ. އެގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑަށް އެދި ހުށައަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބަރު ގުޅައިދޭނެ ކަމަށާއި، އެ ކަސްޓަމަރުންނަށް ފައިބަރަށް ބޭނުންވާ ހާއްސަ ރައުޓަރު ހިލޭ ދޭން ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތާ އެކު އެ ރަށުގެ ކަސްޓަމަރުންނަށް އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖުތައް ހިޔާރު ކުރަން ލިބޭނެ ކަމަށެވެ. އަދި އެ ރަށުންް ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ގުޅާދިނުމާއި، ހިލޭ ޑީކޯޑަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ.