02 އޯގަސްޓް 2022 - 08:21

ޔޫއޭއީގައި ދިރިއުޅެމުން އައި ދިވެއްސަކު، ހާޓް އެޓޭކެއް ޖެހިގެން ރޭ ނިޔާވެއްޖެ އެވެ.
އެ ގައުމުގެ ފުޖެއިރާ އަށް މީގެ އަހަރެއްހާ ދުވަސް ކުރިން އާއިލާއާއެކު ދިރިއުޅުން ބަދަލުކުރި މިއުސަމް މުހައްމަދު ސަލީމް ނިޔާވިއިރު އުމުރުން 40 އަހަރެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ދެ އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހު އެ މިނިސްޓްރީން އޭނާ ވަކިވީ އަންހެނުންނަށް ޔޫއޭއިން ޓީޗަރެއްގެ ވަޒީފާ ލިބުމުން، އާއިލާއާއެކު އެ ކޮޅަށް ދިރިއުޅުން ބަދަލުވުމަށެވެ.
ދުބާއީ އަށް ބަދަލުވެ، މިއުސަމް މަސައްކަތް ކުރަމުން ދިޔައީ ފުޖެއިރާ އެއާޕޯޓުގަ އެވެ.
މިއުސަމް ނިޔާވިއިރު 12 އަހަރުގެ އަންހެން ކުއްޖަކާއި އަންބަކު ދުނިޔޭގައި އެބަހުއްޓެވެ.