5ޖީ ކަސްޓަމަރުންނަށް އުރީދޫގެ ހާއްސަ އޮފާތަކެއް
5ޖީ ކަސްޓަމަރުންނަށް އުރީދޫގެ ހާއްސަ އޮފާތަކެއް

އުރީދޫގެ އަހަރީ ދުވަހާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކަށް 5ޖީ ހިދުމަތް ތައާރަފު ކޮށް 5ޖީ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.

އުރީދޫން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތައާރަފު ކުރި އޮފާތަކުގެ ތެރެއިން 500ރ. ގެ 5ޖީ އާޗާ ޕްރިޕެއިޑް ޕެކޭޖުން 30 ދުވަހަށް ދުވާލަކަށް އެއް ޖީބީ ލިބޭނެ އެވެ. އަދި 500ރ. ގެ މަގޭ ޕްރިޕެއިޑް ޕެކޭޖުން 30 ދުވަހަށް 30 ޖީބީ ލިބޭނެ އެވެ. އޭގެ އިތުރުން 750ރ. ގެ 5ޖީ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހަށް ދުވާލަކަށް 2 ޖީބީ ލިބޭނެ އެވެ. އަދި 5ޖީ މަގޭ ޕްލޭންގެ ކަސްޓަމަރުންނަށް 500ރ. ގެ 60 ޖީބީ 30 ދުވަހަށް ލިބޭނެ އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ދެ ގުނަ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، މިހާރު މާލެ، ހުޅުމާލެ ފޭސް އެކެއް، ހުޅުލެ އަދި ވިލިގިއްޔަށް އެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އެ ހިދުމަތް އިތުރަށް ތަރައްގީ ކޮށް ރާއްޖޭގެ އެކި ކަން ކޮޅުތަކަށް އެ ހިދުމަތް ފޯރު ކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.