ކާތިކާއި ކިއާރާގެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
ކާތިކާއި ކިއާރާގެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ޒުވާން ތަރި، ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

"ސަތުޔަޕްރެމް ކީ ކާތާ" ގެ ޕޯސްޓަރު އާންމުކުރީ ކިއާރާގެ އުފަން ދުވަހާ ގުޅުވައިގެން ކާތިކް ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ.

އެ ފިލްމަކީ ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދްވަންސް ޑައިރެކްޓްކޮށް، މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ވަޑިއަވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިއީ ކާތިކު، ސާޖިދުއާ އެކު ކުރާ ފުރަތަމަ މަސައްކަތެވެ.

އެންމެ ފުރަތަމަ ފިލްމަށް ދިނީ ސަތުޔަނާރަން ކީ ކާތާ އެވެ. އެކަމަކު ފާޑުކިޔުންތަކަކާ ހުރެ ފިލްމުގެ ނަން ބަދަލުކުރަން ޖެހުނީ އެވެ.

ކާތިކާއި ކިއާރާ އެންމެ ފަހުން ފެނުނީ "ބޫލް ބުލައްޔާ 2" އަކުންނެވެ. އެ ދަރިން އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމު، "ބޫލް ބުލައްޔާ 2" އަކީ މިއަހަރު ބޮލީވުޑްގައި އެންމެ ބޮޑަށް ހިނގި އެއް ފިލްމެވެ.