ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަހަރުގެ ބިއުޓީ ބްރޭންޑްގެ އެވޯޑް ލިބިއްޖެ
ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަހަރުގެ ބިއުޓީ ބްރޭންޑްގެ އެވޯޑް ލިބިއްޖެ

ބޮލީވުޑްގެ ތަރި، ކެޓްރީނާ ކައިފްގެ މޭކަޕް ބްރޭންޑް، "ކޭ ބިއުޓީ" އަށް އަހަރުގެ މޭކަޕް އެވޯޑް ލިިބިއްޖެ އެވެ.

ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަހަރުގެ ބިއުޓީ ބްރޭންޑްގެ އެވޯޑް ލިބިއްޖެ
ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަހަރުގެ ބިއުޓީ ބްރޭންޑްގެ އެވޯޑް ލިބިއްޖެ

"ވޯގް ބިއުޓީ އެވޯޑްސް" ހަފްލާގައި "ބްރޭންޑް އޮފް ދަ އިޔާ" ގެ އެވޯޑް ކެޓްރީނާގެ ކޭ ބިއުޓީއަށް ލިބުމުން ކެޓްރީނާ ވަނީ އިއްޔެ އިންސްޓަގްރާމުގައި އެ ހަބަރު ހިއްސާކޮށްފަ އެވެ.

ކެޓްރީނާގެ ބިއުޓީ ބްރޭންޑަށް އަދިވީ އެންމެ ތިން އަހަރެވެ. އިންޑިއާގައި އެބްރޭންޑަށް ވަރަށް ތަރުހީބު ބޮޑެވެ.

އެ އެވޯޑް ލިބުނުކަން ކެޓްރީނާ އިއުލާންކުރުމުން އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލް ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައި ކޮމެންޓްކޮށްފަ އެވެ. އަދި ސަޕޯޓަރުން ވެސް ވަނީ ކެޓްރީނާގެ ކާމިޔާބަށް މަރުހަބާ ކިޔާފައިވެ އެވެ.

ކެޓްރީނާ އަންނަނީ އޭނާގެ ބިއުޓީ ބްރޭންޑްގެ ދަށުން، ރީތިވުމަށް ބޭނުންކުރާ ސާމާނުތައް ވިއްކަމުންނެވެ. އިންޑިއާގެ އެކި ސަރަހައްދުގައި ފިހާރަތައް ހުޅުވައި ވިޔަފާރި ފުޅާކުރަމުންދާއިރު އޮންލައިންކޮށް ވެސް ވިޔަފާރިކުރެވޭނެ މަގު ފަހިކޮށްދީފައިވެ އެވެ.