ކަކުލާ ހެދި ޕްރަބާސްގެ ފިލްމީ މަސައްކަތް އަނެއްކާ ހުއްޓިއްޖެ
ކަކުލާ ހެދި ޕްރަބާސްގެ ފިލްމީ މަސައްކަތް އަނެއްކާ ހުއްޓިއްޖެ

"ބާހުބަލީ" ގެ ތަރި، ޕްރަބާސްގެ ކަކުލަށް އަނިޔާވެގެން މީގެ ތިން މަސް ކުރިން ކަކުލުގެ ސާޖަރީއެއް ހެދުމަށް ފަހު އަނެއްކާ ވެސް ކަކުލުގައި ރިއްސާތީ ފިލްމީ މަސައްކަތުން ބްރޭކެއް ނަގައިފި އެވެ.

ކަކުލާ ހެދި ޕްރަބާސްގެ ފިލްމީ މަސައްކަތް އަނެއްކާ ހުއްޓިއްޖެ
ކަކުލާ ހެދި ޕްރަބާސްގެ ފިލްމީ މަސައްކަތް އަނެއްކާ ހުއްޓިއްޖެ

ތެލޫގޫ ސިނަމާގައި އެންމެ މަގްބޫލު އެކްޓަރު، ޕްރަބާސްގެ ކަކުލަށް އަނިޔާވީ ބާހުބަލީގެ ޝޫޓިންގެ ތެރެއިންނެވެ. އެކަމަކު ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރަން އެންގިޔަސް އެތައް އަހަރެއް ވަންދެން އޮޕަރޭޝަން ފަސްކުރީ ނުނިމި ގިނަ ފިލްމުތަކެއް ހުރެގެން އެ މަސައްކަތް ނިންމުމަށް ފަހު އޮޕަރޭޝަން ކުރަންވެގެންނެވެ. ކޮވިޑާ އެކު ފިލްމުތައް ލަސްވެ، އޮޕަރޭޝަން ވެސް ލަސްވީ އެވެ.

އެންމެ ފަހުން މިއަހަރު "ރާދޭ ސިޔާމް" ރިލީޒްކުރުމާ އެކު އޭޕްރީލްގައި ޕްރަބާސް ވަނީ ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ތިން މަހުގެ ބްރޭކެއްގައި އުޅުމަށް ފަހު ފިލްމު ޝޫޓިންތައް ފެށިތަނާ ކަކުލުގައި އަނެއްކާ ރިއްސަން ފެށީ އެވެ.

އެހެންވެ، އެމެރިކާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެންގީ މަދުވެގެން މަސް ދުވަހުގެ ބްރޭކެއް ނެގުމަށް ކަމަށްވެ އެވެ.

އެހެންވެ، އޭނާގެ ކުރިއަށް އޮތް ބޮޑު ދެ މަސައްކަތެއް މިވަގުތު އޮތީ ހުއްޓިފަ އެވެ. އެއީ "ސަލާރް" އާއި "ޕްރޮޖެކްޓް ކޭ" އެވެ. ޕްރަބާސް ވަނީ އޭނާގެ އެންމެ އަވަހަށް ނެރެން އޮތް ފިލްމު، "އަޑިޕުރުޝް" ގެ ޝޫޓިންތައް އޭގެ ކުރިން ނިންމާލައިފަ އެވެ.