ޖާންވީގެ އެޕާޓްމަންޓް ރާޖުކުމާރަށް ވިއްކާލައިފި
ޖާންވީގެ އެޕާޓްމަންޓް ރާޖުކުމާރަށް ވިއްކާލައިފި

ބޮލީވުޑްގެ އެކްޓަރު ރާޖުކުމާރް ރާއޯ، މުމްބާއީގެ ޖޫހޫ އިން ބޮޑު އަގުގައި އެޕާޓްމަންޓެއް ގަނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރާޖު ކުމާރު، 44 ކްރޯޑް ރުޕީސް އަށް ގަތް އެ އެޕާޓްމަންޓަކީ ކުރިން ޖާންވީ ކަޕޫރުގެ ތަނެކެވެ.

މީގެ ދެ އަހަރު ކުރިން 2020 ގައި ޖާންވީ އެ އެޕާޓްމަންޓް ގަތީ 39 ކްރޯޑް ރުޕީސް އަށް ކަމަށް ވެ އެވެ.

"ރޫހީ" ގައި ޖާންވީއާ އެކު މަސައްކަތްކުރި ރާޖްކުމާރު ގަތީ އެ އިމާރާތުގެ 14، 15 އަދި 16 ވަނަ ފްލޯ އެވެ. އެ ތަން ރާޖްކުމާރާއި އޭނާގެ އަނބިމީހާގެ ނަމަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ވެ އެވެ.

އެ އިމާރާތް ޖާންވީ ދޫކޮށްލި ސަބަބެއް ނޭނގެ އެވެ.

މި އަހަރުގެ ކުރީކޮޅު ބޮލީވުޑްގެ ތަރި ކާޖޮލް ވެސް ވަނީ ހަމަ އެ އިމާރާތުން 11.95 ކްރޯޑް ރުޕީސް އަށް ދެ ފްލެޓެއް ގަނެފަ އެވެ.

ރާޖްކުމާރަކީ ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ފިލްމީ ބެކްގްރައުންޑަކަށް ނިސްބަތް ނުވާ ތަރިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ތަރި އެވެ.