ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރު ޕެޓްރޯލް ޝެޑް ފުނޑިއްޖެ
ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރު ޕެޓްރޯލް ޝެޑް ފުނޑިއްޖެ

ބަނދަރަށް ގާތްކުރަން އުޅެނިކޮށް، ލޭންޑިން ކްރާފްޓެއްގެ ރޭމްޕުން ޖެހި، ރ. ހުޅުދުއްފާރު ބަނދަރު ކައިރީގައި ހަދާފައިވާ ޕެޓްރޯލް ޝެޑެއް ބޭނުންނުކުރެވޭ ވަރަށް މިއަދު ހަލާކުވެއްޖެ އެވެ.

ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރު ޕެޓްރޯލް ޝެޑް ފުނޑިއްޖެ
ކޮޅުވެއްޓިއަކުން ޖެހި ހުޅުދުއްފާރު ޕެޓްރޯލް ޝެޑް ފުނޑިއްޖެ

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާތިފު "މިހާރު" އަށް ވިދާޅުވީ މިއަދު 11 ޖަހާކަންހާއިރު، ކޮޅުވެއްޓިއެއް ފަޅުގައި އަޅަން އުޅެމުގެ ތެރޭގައި އޭގެ ރޭމްޕުން ޖެހި ބަނދަރު ކައިރީގައި ހަދާފައިވާ ހޯކްސްގެ ޕެޓްރޯލް ޝެޑެއް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

ކޮޅުވެއްޓި ފަޅުގައި އަޅަން އުޅުނީ ވެސް އޭގެ ރޭމްޕް ހުޅުވައިގެން ކަމަށް އާތިފު ވިދާޅުވި އެވެ.

މީގެ ގާތްގަނޑަކަށް ހަތަރު މަސް ކުރިން ހިދުމަތް ދޭން ފެށި، އެ ޕެޓްރޯލް ޝެޑް ބޭނުން ނުކުރެވޭ ވަރަށް ފުނޑިފައިވާއިރު، އާތިފް ވިދާޅުވީ އެ ހާދިސާ ހިނގީ ވެސް ވަރަށް ވައިބާރުވެ، މޫސުން ގޯސް ވަގުތެއްގައި ކަމަށެވެ.

"ވަރަށް ވައިގަދަކޮށް، މޫސުން ގޯސްކޮށް އޮތް ދުވަހެއް. ފަޅުގައި އަޅަން އުޅެނިކޮށް ދިމާވި ހާދިސާއެއް އެއީ،" އާތިފު ވިދާޅުވި އެވެ.

އެއީ ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް ކުރާތީ އެ ރަށުގެ މަގުތަކުގައި ހުރި ރުއްތައް ނެގުމަށް އެކްސަވޭޓަރެއް ހިފައިގެން ދިޔަ ކޮޅުވެއްޓި އެކެވެ.