ގޫގުލް އިން ވަޒީފާ ލިބުނީ 39 ފަހަރަށް އެޕްލައި ކޮށްގެން!
ގޫގުލް އިން ވަޒީފާ ލިބުނީ 39 ފަހަރަށް އެޕްލައި ކޮށްގެން!

ގޫގުލްގެ ވަޒީފާ އަށް އެތައް އަހަރެއް ވަންދެއް އެޕްލައި ކޮށް 38 ފަހަރު ނުހޮވި 39 ވަނަ ފަހަރަށް އެޕްލައި ކުރުމުން ވަޒީފާ އަށް ހޮވިއްޖެ އެވެ.

ގޫގުލްގެ ވަޒީފާއަކަށް 39 ވަނަ ފަހަރަށް އެޕްލައި ކޮށްގެން ވަޒީފާ އެންމެ ފަހުން ހޯދި މީހެއްގެ ވާހަކަ ވަނީ ދާދި ފަހުން ވައިރަލް ވެފަ އެވެ.

ޓައިލާ ކޯހެން ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާ އަށް ގޫގުލްގެ ފަރާތުން ފޮނުވާފައިވާ މެއިލްތަކުގެ ސްކްރީންޝޮޓްތަކެއް އާންމުކޮށްފަ އެވެ. އެއީ އޭނާ އަށް ވަޒީފާ ހަމަނުޖެހޭކަން އަންގައި ފޮނުވާފައިވާ މެއިލްތަކެކެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި އުޅޭ ކޯހެން މަތީ ތައުލީމު ހާސިލު ކޮށްފައި ވަނީ ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާއިންނެވެ. އޭނާ މަސައްކަތް ކުރަމުން އައީ ޑޯޑޭޝް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެސޯސިއޭޓް މެނޭޖަރުގެ މަގާމުގަ އެވެ.

ނަމަވެސް ކޯހެން އަބަދުވެސް މަސައްކަތް ކުރަން ބޭނުންވީ ގޫގުލްގަ އެވެ. ވިޔަފާރީގެ ދާއިރާއާ ގުޅޭ ވަޒީފާއެއް ލިބޭތޯ ކޯހެން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ.

އޭނާ ވަނީ 2019 އިން ފެށިގެން މެދުކެނޑުމެއް ނެތި ގޫގުލްގެ ވަޒީފާ އަށް އެދި ހުށަހަޅައިފަ އެވެ. ނަމަވެސް ހުރިހާ ފަހަރެއްގައި ވެސް ގޫގުލް އިން އޭނާ ރިޖެކްޓްކުރީ އެވެ.

ކޯހެން އަށް ގޫގުލް އިން އެންމެ ފަހުން ވަޒީފާ ލިބުމުން އޭނާ އަށް ކުރެވޭ އިހުސާސްތައް ބުނެދޭން އުނދަގޫ ކަމަށް ބުންޏެވެ.