ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި
ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި

ހައްޖު މޫސުމާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އައުމުގެ ސަގާފަތް ބަދަލުކޮށް މި އަހަރުން ފެށިގެން އާ އަހަރުގެ ފުރަތަމަ ދުވަހު އުރަކޮޅު ބަދަލުކުރަން ފަށައިފި އެވެ

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި
ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި

ހިޖުރީ އާ އަހަރު ހޮނިހިރު ދުވަހު ފެށުމާ އެކު ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކުރުން އޮންނާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި
ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އާ އަހަރުގެ ފުރަތަމަ ދުވަހަށް ބަދަލުކޮށްފި

ހައްޖު ދުވަހުގެ ހެނދުނު ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. މިގޮތަށް ކަންތައް ކުރަނީ އެ ވަގުތަކީ ހައްޖުގެ އަޅުކަމުގައި އަރަފާތަށް ހައްޖާޖީން ގޮސް ގެފުޅު ސަރަހައްދު އެންމެ ބޮޑަށް ހުސްވާ އެއް ވަގުތަށް ވާތީ، މަސައްކަތަށް ފަސޭހައަކަށެވެ.

ހައްޖު ދުވަހު ބަދަލުކުރާ އުރަކޮޅު ދެން ބަދަލުކުރަނީ ޖެހިގެން އަންނަ އަހަރުގެ ހައްޖު ދުވަހު އެވެ.

ހަރަމްފުޅުގެ އިމާމް އަދި ދެ ހަރަމްފުޅުގެ އިންތިޒާމްތަކާ ބެހޭ ކޮމިޓީގެ ރައީސް އަބްދުއްރަހްމާން އާލް ސުދައިސް ވިދާޅުވީ ކިސްވާ ބަދަލުކުރުމުގެ އާންމު އުސޫލަށް ބަދަލު ގެނައީ ރަސްގެފާނުގެ ގަރާރަކުން ވަރަށް ފަހުން ކަމަށެވެ.

ކޮންމެ އަހަރަކު ގެފުޅަށް އާ އުރަކޮޅެއް ހަދައި ޒީނަތްތެރިކުރުމަކީ އެތައް ސަތޭކަ އަހަރެއް ވެފައިވާ އާދަކާދައެކެވެ.

ގެފުޅުގެ އުރަކޮޅު ފެކްޓަރީއެއްގައި ހަދަނީ 47 ބަޔަކަށްވާ ގޮތަށް އަތުންނާއި މެޝިނުން ފަހައިގެންނާއި ވިޔެގެންނެވެ. މި އުރަކޮޅު ހަދާ ތަނުގައި، ދިގުމިނުގައި 16 މީޓަރު ހުންނަ ކޮމްޕިއުޓަރައިޒްޑް ފަހާފޮއްޓެއް ހުރެ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ހުންނަ މިފަދަ އެންމެ ބޮޑު މެޝިނެވެ.

އުރަކޮޅުގެ ބައިތައް ފަސް ބަޔަކަށްވާ ގޮތަށް ގުޅުވާލައި ގެފުޅުގައި އަޅުވަނީ ލޮއެގެ ބޮޅުތަކެއް ބޭނުންކޮށްގެންނެވެ. އުރަކޮޅު ހަދަން ގާތްގަނޑަކަށް 670 ކިލޯގެ ރޯ ސިލްކާއި ކަޅުކުލައިގެ ދެލި ބޭނުންކުރެ އެވެ. އުރަކޮޅު ޒީނަތްތެރިކޮށްފައި ހުންނަނީ 21 ކަރަޓްގެ ރަނުގެ 120 ކިލޯގެ ބަރަނިން ގުރުއާނުގެ އާޔަތްތައް ފޮތިގަނޑުގައި ވިޔެގެންނެވެ.

ބަރުދަނުގައި 850 ވަރަކަށް ކިލޯ ހުންނަ ކިސްވާ ހެދުމަށް 52 މިލިއަން ރިޔާޟް ނުވަތަ 6.5 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެ އެވެ. އެހެންވެ މިއީ މިފަދަ ބޭނުމަކަށް ދުނިޔޭގައި ހަދާ އެންމެ އަގުބޮޑު އުރަ އެވެ.