29 ޖުލައި 2022 - 17:34

މާފަންނު ގެއެއްގެ ތެރެއަށް ގްރޫޕް ހަދައިގެން ބަޔަކު ވަދެ ތިން މީހަކަށް ރޭ ހަމަލާދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގްރޫޕް ހަދައިގެން މާލޭގެ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގި މައްސަލައެއް 10:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވީ 22 އަހަރާއި 35 އަހަރު އަދި 36 އަހަރުގެ ފިރިހެނަކަށެވެ. އެ އެންމެން ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރިއަސް އެކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.