ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

ފިރިހެން ތަރިންނާ އެއްވަރަށް މަސައްކަތްކުރިޔަސް ފިރިހެނުންނަށް ލިބޭ އުޖޫރައިގެ ދެބައި ކުޅަ އެއްބައި އަންހެން ތަރިންނަށް ލިބޭތީ މީގެ ކުރިން ބޮލީވުޑްގެ ބައެއް ތަރިން އެކަމުގެ ނުރުހުން ފާޅުކޮށްފައިވެ އެވެ. ފިރިހެން ތަރިންނާއި އަންހެން ތަރިންގެ މެދުގައި އޮންނަ އެ ތަފާތުކުރުން މަޑުމަޑުން އުވެމުންދާ މަންޒަރު އިންޑިއާގެ ޓީވީ އިންޑަސްޓްރީން އަންނަނީ ފެންނަމުންނެވެ.

ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

ޓީވީގައި މަސައްކަތްކުރާ ބައެއް ޖޯޑުތަކަށް ބަލާއިރު އަންހެން ތަރިންގެ މަގްބޫލުކަމާއި އެ މީހުންގެ ރޯލާ އެއްވަރުގެ އުޖޫރައެއް މިހާރު ލިބެ އެވެ. އެކަމުގެ ސަބަބުން އެމީހުންގެ، އެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ފިރިންނަށް ވުރެ ބޮޑު އުޖޫރައެއް ލިބޭ ބައެއް ތަރިން އެބަ އުޅެ އެވެ.

ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

މިއީ އޭގެ ތެރެއިން ބައެއް އަންހެން ތަރިންނެވެ.

ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

ރުޕާލީއަކީ އިންޑިއާގެ އެންމެ ގިނަ ބަޔަކު ބަލާ ޝޯ، "އަނުޕަމާ" ގައި އަނުޕަމާގެ ރޯލު ކުޅޭ ތަރިއެވެ. އަނުޕަމާގެ ދިރިއުޅުން ދައްކުވައިދޭ އެ ޝޯގެ މަގްބޫލުކަން އިތުރުވަމުން އަންނަ ވަރަށް ރުޕާލީ ނަގާ ފީގެ އަދަދު ދަނީ ބޮޑުވަމުންނެވެ.

ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

އަނުޕަމާގެ ފިރިމީހާ އަކީ އިޝްތިހާރު އުފެއްދުމުގައި އުޅޭ އަޝްވިން ކޭ ވަރްމާ އެވެ. އަޝްވިންއަށް ވުރެ ބޮޑު އާމްދަނީއެއް މިހާރު އަނުޕަމާއަށް ލިބެ އެވެ.

ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން
ފިރިންނަށް ވުރެ އާމްދަނީގައި ކާމިޔާބު ތަރިން

އޭނާ އެންމެ ފުރަތަމަ ނަގަމުން އައީ ކޮންމެ އެޕިސޯޑަކަށް 1.5 ލައްކަ ރުޕީސްގެ މަގުންނެވެ. އެކަމަކު އިންޑިއާގެ އެންމެ ގިނަ ބަޔަކު ބަލާ ޝޯއަށް އެ ޑްރާމާވެ، މިހާރު އޭނާ ކޮންމެ އެޕިސޯޑަކަށް ތިން ލައްކަ ރުޕީސް ނަގާ ކަމަށްވެ އެވެ.

ޓީވީ ބައެއް ޑްރާމާތަކުން ފެނިފައިވާ ރުބީނާ އިނދެގެން އުޅެނީ އެކްޓަރު އަބިނޭޝް ޝުކްލާއަށެވެ.

ބިގްބޮސް 14 ކާމިޔާބުކުރި ރުބީނާ، އޭނާ ކުޅޭ ޑްރާމާ އިން ކޮންމެ އެޕިސޯޑަކަށް 80،000 ރުޕީސް ނަގަ އެވެ. މިއީ އޭނާގެ ފިރިމީހާއަށް ޑްރާމާ ކުޅެގެން ލިބޭ އާމްދަނީއަށް ވުރެ ބޮޑު އަދަދެކެވެ.

ދިވްޔަންކާ ގިނަ ބަޔަކަށް އެނގުނީ، ސްޓާ ޕްލަސް އިން ދެއްކި، "ޔޭ ހޭ މޮހައްބަތޭން" ގައި އިޝިތާގެ ރޯލުންނެވެ. އޭނާ ކުޅުނު ރޯލާ އެކު މަގްބޫލުކަން އިތުރުވެ، އިތުރު ގިނަ މަސައްކަތްތަކެއް ވެސް ލިބެމުންދާއިރު ދިވްޔަންކާ ކުޅޭ ޑްރާމާތަކުގެ ކޮންމެ އެޕިސޯޑަކަށް 80،000 އާއި އެއް ލައްކަ ރުޕީސްއާ ދެމެދުގެ އަގެއް ނަގަ އެވެ.

ދިވްޔަންކާ ކައިވެނިކޮށްގެން އުޅެނީ އޭނާއާ އެކު ޔޭހޭ މޮހައްބަތޭންގައި ފެނުނު ވިވޭކް ދާހިޔާއާ އެވެ.

ބާރްތީއަކީ އިންޑިއާގެ އެންމެ މަގްބޫލު އަންހެން ކޮމޭޑިއަން އެވެ. ޓީވީ ޝޯތައް ހޯސްޓްކުރުމުގެ އިތުރުން "ދަ ކަޕިލް ޝަރްމާ ޝޯ" ކަހަލަ ބޮޑެތި ޝޯތަކަކުން އޭނާ ފެނިފައިވެ އެވެ.

ބާރްތީ ކައިވެނިކޮށްގެން އުޅެނީ ސްކްރީންރައިޓާގެ ގޮޮތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކާ އެވެ. އެކަމަކު އޭނާގެ ފިރިމީހާ، ހާޝް އަށް ލިބޭ އާމްދަނީގެ ދެގުނަ ބާރްތީއަށް ލިބޭ ކަމަށްވެ އެވެ.

ގިނަ އަދަދެއްގެ ޓީވީ ޑްރާމާތަކެއްގައި މަސައްކަތްކުރި ދީޕިކާ ގިނަ ބަޔަކަށް އެނގުނީ "ސަސުރާލް ސިމަރް ކާ" ގައި ސިމަރްގެ ރޯލުންނެވެ.

ގާތްގަނޑަކަށް ހަ އަހަރަށް ދެމިގެންދިޔަ އެ ޝޯގެ އިތުރުން ބިގްބޮސް 12 ވެސް ކާމިޔާބުކުރި ދީޕިކާ އުޅެނީ އެކްޓަރު ޝުއައިބް އިބްރާހިމްއާ ކައިވެނިކޮށްގެންނެވެ. އެކަމަކު ޝުއައިބަށް ވުރެ ދީޕިކާގެ މަގްބޫލުކަން ބޮޑެވެ. އެހެންވެ، އޭނާ ކުޅޭ ޑްރާމާތަކުގެ ކޮންމެ އެޕިސޯޑަކަށް ވެސް 70،000 އާއި 80،000 ރުޕީސްއާ ދެމެދުގެ އަގެއް ނަގަ އެވެ.