26 ޖުލައި 2022 - 12:23

މިނިވަން ދުވަހާ ގުޅިގެން ދިރާގުން 100 ޖީބީގެ ޑޭޓާ 125ރ. ލިބޭ އެޑްއޮން އެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އެ އެޑްއޮން އަށް އެޕްލައިކުރެވޭނެ ކަމަށެވެ. އެގޮތުން "މަމެން"، "ސަޅި ޕްރިޕެއިޑް"، "އަމަރް ޕްރިޕެއިޑް"، އަދި "ހެލޯ ޕްރިޕެއިޑް" ޕްލޭންގެ ކަސްޓަމަރުންނަށް އެ އޮފާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ މިނިވަން ދުވަހާ ގުޅިގެން މިއަދު ތައާރަފު ކުރި އެ އެޑްއޮން އޮފާ އަކީ ފަސް ދުވަހުގެ އޮފާއެއް ކަމަށެވެ. ދިރާގުގެ އެ އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް އެކްޓިވޭޓު ކުރެވޭނެ އެވެ. ނުވަތަ "Data125" ޖެހުމަށް ފަހު 343 އަށް އެސްއެމްއެސް ކޮށް ގެން ވެސް އެޑްއޮން އެކްޓިވޭޓު ކުރެވޭނެ އެވެ.