ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

މިދިޔަ ސީޒަނުގައި ޓޮޓެންހަމް އިން ވިދާލި އުމުރުން 20 އަހަރުގެ ޑެލޭ އަލީ ވަނީ އެ ޓީމަށްް 10 ލަނޑު ޖަހައި ނުވަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޓޮޓެންހަމުން ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބުނު އަލީ ވަނީ އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިނގިރޭސި ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އަލީ ވަނީ ފްރާންސް ކޮޅަށް ލަނޑު ޖަހައިފަ އެވެ. އަދި ރަށުން ބޭރުގައި މިދިޔަ މާޗު މަހު ޖަރުމަނު އަތުން 3-2 އިން މޮޅުވި މެޗުގައި އަލީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

އުމުރުން 19 އަހަރުގެ ކިންގްސްލީ ކޯމަން އަކީ ޔޫރަޕްގައި ފާއިތުވި ތިން އަހަރު އެންމެ ނަން ހިނގާ އެއް ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޒުވާން އުމުރުގައި ޕީއެސްޖީ އާއި ޔުވެންޓަސް އަދި ބަޔާން މިއުނިކަށް ކުޅެ އެ ތިން ޓީމާ އެކު ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްފަ އެވެ. ފްރާންސް ގައުމީ ޓީމުން ފަހަކަށް އައިސް ގަަވައިދުން ޖާގަ ހޯދަމުން އަންނަ ކޯމަން އަކީ މުސްތަގުބަލުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފެންވަރުގެ ކުޅުންތެރިއެއް ކަމަށް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

މިދިޔަ ސީޒަން ފެށުމުގެ ކުރިން މޮނާކޯ އިން މެންޗެސްޓާ ޔުނައިޓެޑަށް 36 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވި އުމުރުން 20 އަހަރުގެ އެންތަނީ މާޝިއަލް އަކީ އޭރު މީހުންގެ މެދުގައި މަގުބޫލު ކުޅުންތެރިޔެއް ނޫނެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅުނު ފުރަތަމަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާގެ މަޝްހޫރުކަން ވަނީ އިތުރުވެފަ އެވެ. ޔުނައިޓެޑަށް ބަދަލުވުމާ އެކު ފްރާންސްގެ ސީނިއާ ސްކޮޑުން މާޝިއަލް އަށް ގަވައިދުން ޖާގަ ލިބެން ފެށި އެވެ. އަދި ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް އޭނާ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަރުމަނުން ކޮންމެ ފަހަރަކު އާދަޔާ ހިލާފު މޮޅު ކުޅުންތެރިން ފެނެ އެވެ. މި ފަހަރުގެ ޔޫރޯގައި ވެސް ޖަރުމަނު ޓީމުގައި އެ ފަދަ ކުޅުންތެރިއެއް ހިމެނެ އެވެ. އެއީ ޝާލްކާ އަށް ކުޅޭ އުމުރުން 20 އަހަރުގެ ލިިރޯއީ ސާނޭ އެވެ. ކަނާތު ފަޅިން ކުޅޭ ސާނޭ ހޯދުމަށް ޔޫރަޕްގެ ގިނަ ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އެއީ މިދިޔަ ސީޒަނުގައި އޭނާ ޝާލްކާ އަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ޖަރުމަނުގެ ކޯޗު ޔޯކިމް ލޯވް ގައުމީ ޓީމުން ސާނޭ އަށް ފުރަތަމަ ފުރުސަތު ދިނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދަމުންނެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް މިދިޔަ ސީޒަން ނިމުމުގެ ކުރިން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވަނީ ފަށައިފަ އެވެ. މި ގޮތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑުން ދިޔައީ ޕޯޗުގަލްގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ބަޔާނުން ވަނީ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށް ފަހު ސަންޗޭޒް އެޓީމަށް ގެނެސްފަ އެވެ. އުމުރުން 18 އަހަރުގެ ސަންޗޭޒް ޔޫރަޕްގެ އެންމެ މޮޅު ޒުވާން ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ. މިފަހަރުގެ ޔޫރޯ އަށްދާ ޕޯޗުގަލް ސްކޮޑުން ސަންޗޭޒް ޖާގަ ހޯދިއިރު، އޭނާ އަކީ 2004 ވަނަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު ޕޯޗުގަލް ޓީމުން ޖާގަ ހޯދި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

ބެލްޖިއަމް ސްކޮޑަކީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މި ފަހަރުގެ ޔޫރޯގައި ފެނިގެންދާނެ ތަފާތު ޓީމެކެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އެއީ އެއް މަގާމަކަށް ކުޅޭ އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިން ތިބުމުންނެވެ. އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޔަނިކް ފެރޭރާ ކަރަސްކޯ އަކީ މިފަހަރު އެ ޓީމުން ޖާގަހޯދާނެ ކުޅުންތެރިޔެއް ކަމަށް ބެލެވެ އެވެ. އުމުރުން 23 އަހަރުގެ ކަރަސްކޯ ވަނީ މި ސީޒަނުގައި އެތުލެޓިކޯ އަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ފަހަރު ޔޫރޯގައި ބެލްޖިއަމް ކޯޗު މާކް ވިލްމޮޓްސްގެ ފުރަތަމަ އެގާރައިން ކަރަސްކޯ އަށް ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި އަންނަނީ ޖާގަ ލިބެމުންނެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

ފާއިތުވި ސީޒަނުގައި ސްޕެއިންގެ ވެލެންސިއާގެ މެދުތެރޭގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އުމުރުން 22 އަހަރުގެ އަންޑްރޭ ގޯމޭސް އެވެ. ޕޯޗުގަލް އަކީ ތަފާތު މޮޅު މިޑްފީލްޑަރުން ފެންނަ ގައުމެކެވެ. މީގެ ކުރިން ލުއިސް ފީގޯ އާއި ޑެކޯ އަދި ރުއީ ކޮސްޓާ ފަދަ ކުޅުންތެރިން ފެނިފައިވާއިރު މި ފަހަރުގެ ޔޫރޯގައި އެ ޓީމުގެ މެދުތެރެއިން ވިދާލާނެ ކުޅުންތެރިއަކީ ގޯމޭސް އެވެ. މިިދިޔަ ސީޒަނުގައި ވެލެންސިއާގައި ގޯމޭސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ހޯސޭ މޮރީނިއޯގެ މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ އޭނާ ހޯދަން މަސައްކަތް ކުރަމުންނެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

ޔޫރޯ އަށް ސްޕެއިންގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ނެގި ސްކޮޑުން ތަޖުރިބާކާރު ދެ ފޯވާޑުން ކަމަށްވާ ޗެލްސީގެ ޑިއޭގޯ ކޮސްޓާ އާއި އެތުލެޓިކޯ މެޑްރިޑްގެ ފެނާންޑޯ ޓޯރޭޒަށް ފުރުސަތު ނުދިނުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. ޑެލް ބޮސްކޭ ވަނީ މިފަހަރު ޔޫރޯގައި ސްޕެއިނުގެ ފޯވާޑް ލައިނުގައި ތިބި ކުޅުންތެރިންނަށް އޭނާ އިތުބާރު ކުރާ ކަމަށެވެ. އޭގެ ތެރެއިން މުހިއްމު ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އުމުރުން 23 އަހަރުގެ މޮރާޓާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ފާއިތުވި ދެ ސީޒަނުގައި ޔުވެންޓަސް އިން ހޯދި ކާމިޔާބީގައި މޮރާޓާގެ ދައުރު ބޮޑެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

ސްވިޒަލެންޑްގެ ޓީމުން ބަސެލްގެ 19 އަހަރުގެ ފޯވާޑް ބްރީލް އެމްބޯލޯ އަކީ ޔޫރަޕްގައި ފާއިތުވި ދެ ސީޒަނުގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި އެއް ފޯވާޑެވެ. ބަސެލް އަށް ސްވިޒަލެންޑް ލީގު ހޯދައިދިން އިރު އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 80 މެޗުން 36 ލަނޑު ޖަހައިފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް ނުވަ މެޗު ކުޅެފައިވާއިރު ދެ ލަނޑު ޖެހި އެވެ. އަންނަ ސީޒަނުގައި އެމްބޯލޯ ގެނައުމަށް އިނގިރޭސި އަދި ސްޕެއިނުގެ ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން

މިދިޔަ އަހަރު ބޭއްވި 20 އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ވިކްޓަ ކޮވަލެންކޯ އަކީ މި ފަހަރު ޔޫރޯގައި ޔޫކްރެއިންގެ މުހިއްމު ކުޅުންތެރިޔެކެވެ. އުމުރުން 20 އަހަރުގެ ކޮވަލެންކޯ ވަނީ ނިއު ޒީލެންޑުގައި މިދިޔަ އަހަރު އޮތް 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ފަސް ލަނޑު ޖަހައި ރަން ބޫޓު ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި ޝަހުތަރު ޑޮނެސްކުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ފަަހަކަށް އައިސް ޔޫކްރެއިން ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިން އޭނާ އަށް ގަވައިދުން ޖާގަ ލިބެ އެވެ.

ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން
ޔޫރޯގައި މިފަހަރު ވިދާލާނެ ޒުވާން ކުޅުންތެރިން