26 ޖުލައި 2022 - 12:07

ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް ލިބިދޭ ގްރީކް ސްޓައިލް ޑްރިންކިން ޔޯގަޓް، ބިޔޯންޑް ޓްރޭޑިން އިން މާކެޓަށް ނެރެފި އެވެ.

ޔޮގިނޯސް ބްރޭންޑުގެ ޑްރިންކިން ޔޯގަޓަކީ ޖަރުމަނުގެ 100 އަހަރުވީ "އެހްރެމެން" ކުންފުނީގެ އުފެއްދުމެކެވެ. ޔޮގިނޯސް އަކީ ހުރިހާ އުމުރުފުރައަކާ ވެސް ގުޅޭ ބުއިމެކެވެ.
ބިޔޯންޑް ޓްރޭޑިން އިން ބުނީ، އެއީ މާކެޓުގައި ވަރަށް ހިނގާ، ގިނަ ބައެއްގެ މެދުގައި މަގުބޫލު ބުއިމެއް ކަމަށެވެ.
ޔޮގިނޯސް ބްރޭންޑުގެ ޑްރިންކިން ޔޯގަޓަކީ މާކެޓުގައި ހުރި އެ ފަދަ އެހެން ބުއިންތަކާ ހިލާފަށް ޕްރޮޓިންގެ މާއްދާ ގިނަ ބުއިމެކެވެ. ހަށިގަނޑަށް ފައިދާ ހުރި އެ ބުއިމުގެ ތިން ފްލޭވާއެއް އެ ފިހާރަ އިން ވިއްކަ އެވެ. އެއީ "ޕްލެއިން" "ވެނީލާ" އަދި "ސްޓްރޯބެރީ" އެވެ.
ބިޔޯންޑް ޓްރޭޑިން އަކީ ޔޮގިނޯސް ޑްރިންކިން ޔޯގަޓުގެ އޮތޮރައިޒްް ޑިސްޓްރިބިއުޓަރެވެ. އެ ފިހާރައިން ހޯލްސޭލް އަދި ރީޓެލްކޮށް އެ ބުއިން އަންނަނީ ވިއްކަމުންނެވެ. އެ ބުއިން އަލަށް ތައާރަފުކުރުމާ ގުޅިގެން އެ ފިހާރަ އިން ހޯލްސޭލް ކަސްޓަމަރުންނަށް އަމާޒުކޮށް، މިހާރު ވަނީ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފަސް ކޭހަކުން އެއް ކޭސް ހިލޭ ލިބޭނެ ކަމަށް ބިޔޯންޑް ޓްރޭޑިން އިން ބުނެ އެވެ.
ޔޮގިނޯސް ޑްރިންކިންގެ ކޭހެއްގެ ހޯލްސޭލް އަގަކީ 140ރ. އަށެވެ. އަދި 50 ކޭހަށް ވުރެ ގިނައިން ނަމަ ހޯލްސޭލް އަގަކީ 130ރ. އެވެ.
ޔޮގިނޯސް ޑްރިންކިންގެ އެ ބުއިމަކީ 200 އެމްއެލްގެ ޓްޓްރާ ޕެކެޓުގައި ބަންދުކޮށްފައިވާ ބުއިމެކެވެ.
ބިޔޯންޑް ޓްރޭޑިން އިން ބުނިގޮތުގައި، އެ ފިހާރަ އިން މަސައްކަތް ކުރަނީ ރާއްޖޭގެ މާކެޓަށް ހަށިގަނޑަށް ފައިދާ ހުރި ރަހަމީރު ބުއިންތައް ތައާރަފު ކުރުމަށެވެ. ދާދި ފަހުން އެ ކުންފުނިން ވަނީ "ލިޕްޓަން" އައިސްޓީގެ ހަތަރު ރަހައެއް ވެސް ތައާރަފު ކޮށްފަ އެވެ. އެއީ ވެސް ހަށިގަނޑަށް ފައިދާ ހުރި، ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ބުއިމެކެވެ.
ބިޔޯންޑް ޓްރޭޑިން އިން މުދާ ގަންނަން ބޭނުން ނަމަ އެ ފިހާރައިގެ ވައިބާ ނަމްބަރު 9444550 ނުވަތަ 944451 އަށް ގުޅައިގެން ނުވަތަ މެސެޖު ކުރުމުން އޯޑަރު ކުރެވޭނެ އެވެ. ބިޔޯންޑް ޓްރޭޑިންގެ ޕްރޮޑަކްޓުތައް ލިބެން ހުންނާނީ ޖަންބުމަގުން، ސެންޓްރަލް ކްލިނިކް ކައިރީގައި ހުންނަ ޝޯރޫމުންނެވެ.