ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން
ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން

ޖަކާޓާ (ޖެނުއަރީ 1) - އިންޑޮނީޝިއާގެ ފެރީގައި އަލިފާން ރޯވުމާ އެކު ކަނޑަށް ފުރަތަމަ ފުންމާލި މީހުންގެ ތެރޭގައި ކެޕްޓަން ހިމެނުމުގެ ތުހުމަތާ އެކު ފުލުހުން އޭނާ ހައްޔަރުކޮށްފި އެވެ.

ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން
ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން

ފެރީގައި އަލިފާން ރޯވުމުން 23 މީހުން ވަނީ މަރުވެފަ އެވެ. ޑައިވަރުން އަދިވެސް ދަނީ 17 މީހަކު ހޯދަމުންނެވެ.

ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން
ފެރީގައި އަލިފާން ރޯވުމުން ކަނޑަށް ފުރަތަމަ ފުންމާލީ ކެޕްޓަން

"ބޯޓުގެ ކެޕްޓަން ވަނީ ހައްޔަރުކޮށްފައި. އޭނާގެ ބަޔާން ނަގަމުން މިދަނީ،" ޖަކާޓާ މެރިޓައިމް ޕޮލިސް ޑިރެކްޓާ ހެންޑްރިއަންޓޯ ބަޗްޓިއާ ސީއެންއެން އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ފެރީގެ ތިން ފަޅުވެރިންނާއި ބަނދަރުގެ ދެ ސްޓާފަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އެންޓޯނިއަސް ޓޮނީ ބުޑިއޮނޯ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފެރީގައި އަލިފާން ރޯވުމާ އެކު ފުރަތަމަ ކަނޑަށް ފުންމާލީ ކެޕްޓަން ކަމަށެވެ.

"ބޯޓަށް ހާދިސާއެއް ދިމާވުމުން ފުރަތަމަ ފުންމާލާ މީހާއަކީ ކެޕްޓަން ކަމަށް ވެއްޖިއްޔާ އެއީ ކެޕްޓަނެއް ނޫން. ކެޕްޓަނުގެ ވާޖިބަކީ އެންމެން ސަލާމަތްކޮށް އެންމެ ފަހުން ބޯޓު ދޫކޮށްލުން،" އޭނާ ވިދާޅުވި އެވެ.

އަލިފާން ރޯވި ފެރީގައި ތިބީ އާ އަހަރުގެ ޗުއްޓީ އަށް ދިޔަ މީހުންނެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އޭގައި 230 އަށް ވުރެ ގިނަ މީހުން ތިބި ކަމަށްވެ އެވެ. ފެރީން ވަނީ 194 މީހުން ސަލާމަތްކޮށްފަ އެވެ. ފެރީގައި މީހުން އުފުލަން ހުއްދަ އޮންނަ އަދަދަށް ވުރެ ދެގުނަ އިތުރަށް އޭގައި މީހުން ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.