ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ލޯބީގެ ފިލްމެއް
ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ލޯބީގެ ފިލްމެއް

ތަފާތު އެކި ލޯބީގެ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ބޮލީވުޑްގެ ތަރި، ޝާހިދު ކަޕޫރު އިތުރު ލޯބީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ލޯބީގެ ފިލްމެއް
ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ލޯބީގެ ފިލްމެއް

މިދިޔަ އޭޕްރީލް މަހު ނެޓްފްލިކްސްގައި ސްޓްރީމްކުރި "ޖޯޒީ" އިން އެންމެ ފަހުން ފެނުނު ޝާހިދު އެ ފިލްމުގެ މަސައްކަތަށް ފަހު ދިޔައީ އާއިލާއާ އެކު ބޮޑު ޗުއްޓީއަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝާހިދު ވަނީ ޗުއްޓީ ނިންމާފައި ދިޔަ ގޮތަށް އިތުރު ފިލްމެއްގައި މަސައްކަތްކުރަން ސޮއިކޮށްފަ އެވެ. އެއީ "ލުކާ ޗުއްޕީ" އާއި "ސްތްރީ" ކަހަލަ ފިލްމުތައް ޕްރޮޑިއުސްކުރި ދިނޭޝް ވިޖަންގެ ލޯބީގެ ސްކްރިޕްޓެއް ކަމަށް ވެ އެވެ.

އެ ފިލްމުގެ ޝޫޓިންތައް އިންޑިއާ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް ކުރިއަށް ގެންދާނެ އެވެ. އެ ފިލްމު މި އަހަރުގެ ފަހުކޮޅު ރިލީޒް ކުރާނެ ކަމަށް ވެ އެވެ.

އިތުރު ފިލްމަކަށް ސޮއިކުރިކަން އަދި ރަސްމީކޮށް ޝާހިދު އިއުލާނެއް ނުކުރެ އެވެ.

އެ ފިލްމުގެ އިތުރުން ޝާހިދުގެ ދެ ފިލްމެއް މި އަހަރު އެބަ އޮތެވެ. އެއީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، މި އަހަރުގެ ޑިސެމްބަރު 10 ގައި ނެރުމަށް ތައްޔާރުވަމުން އަންނަ "ބްލޮޑީ ޑެޑީ" އާއި ކްރިޝްނާ ޑީކޭ ޑައިރެކްޓްކޮށް، ނޮވެމްބަރު ފަހެއްގައި ނެރޭ ފިލްމު، "ފަރްޒީ" އެވެ.