ޓީސީގައި މަޑުކުރަން ނިޒާމް ނިންމައިފި
ޓީސީގައި މަޑުކުރަން ނިޒާމް ނިންމައިފި

ފާއިތުވި ތިން އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އަންނަ ސީޒަނުގައި ވެސް އެ ޓީމުގައި މަޑުކުރަން ނިންމައިފި އެވެ.

ޓީސީގައި މަޑުކުރަން ނިޒާމް ނިންމައިފި
ޓީސީގައި މަޑުކުރަން ނިޒާމް ނިންމައިފި

ޓީސީން ބުނީ ނިޒާމް އެ ޓީމުގައި މަޑުކުރަން ނިންމުމަކީ އެ ކްލަބަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"ޓީސީ ފުރަތަމަ ޑިވިޝަނަށް ގެނެސްދިނީ ނިޒާމްބެ. އޭނާގެ ކޯޗުކަމުގައި ޓީސީ އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރި ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭ އެހެން ހަރުފަތަކަށް މި ކްލަބް ގެންގޮސްދީފި. އުއްމީދަކީ މި ސީޒަނުގައި ވެސް ނިޒާމްބެ އާ އެކު ޓީސީ ކުރިއަށް އެއް ފިޔަވަޅު ޖެހިލުން،" ޓީސީން "މިހާރަ"ށް ބުންޏެވެ.

ނިޒާމުގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ޓީސީ ފުރަތަމަ ޑިވިޝަނަށް އެރީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރި އަހަރު ޓީސީން ވަނީ ލީގުގެ ދެ ވަނަ ހޯދުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.

މިދިޔަ އަހަރު ޓީސީ ވަނީ ލީގުގެ ދެ ވަނަ ހޯދުމުގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.

ފާއިތުވި ދެ އަހަރު ވެސް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނިޒާމްބެގެ އިރުޝާދުގެ ދަށުން ޓީސީ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ދެ ހާސް ފަނަރަ ވަނަ އަހަރުގެ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ނާއިޒު ހަސަން (ދާދު) އެވެ. އަދި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔަކީ އަލީ ފާސިރު (ސެންޓޭ) އެވެ.

ނިޒާމްބެ ކޮންޓްރެކްޓް އާކުރިއިރު މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ސެންޓޭ އާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ އެ ކްލަބް ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ.