ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަޚަމްތަކެއް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަޚަމްތަކެއް

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބިދޭސީއަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިއްޖެ އެވެ.

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަޚަމްތަކެއް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބިދޭސީއަކަށް ސީރިއަސް ޒަޚަމްތަކެއް

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހަދާފައިވާ ވަގުތީ ލޯކަލް މާރުކޭޓު ކައިރީގައި އެކްސިޑެންޓެއް ހިނގައިގެން މިއަދު ހެނދުނު 8:20 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި ޒަޚަމްވި ބިދޭސީ މީހާ އަށް އެންމެ ބޮޑު ޒަޚަމްތަކެއް ލިބުނީ އޭނާގެ ބޮލަށެވެ. އޭގެ އިތުރުން އޭނާ އަށް ލިބުނީ ކޮން ގެއްލުންތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޕިކަޕެއް ކޮންޓްރޯލް ނުވެ، އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. ބިދޭސީ މީހާގެ ގައިގައި ޖެހުމަށް ފަހު ޕިކަޕް މަތަވީ މަގުގެ އެއް ފަރާތުގައި ހުރި ބޮޑު ފިތުރޯނު ގަހެއްގައި ޖެހިފަ އެވެ.

އެކްސިޑެންޓުގައި ޒަހަމްވި ބިދޭސީ މީހާގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް މާލެއަށް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ވެ އެވެ.