ބޮޑު ޗުއްޓީ އަށް އައި ކެއާގެ ހާއްސަ ޕްރޮމޯޝަނެއް
ބޮޑު ޗުއްޓީ އަށް އައި ކެއާގެ ހާއްސަ ޕްރޮމޯޝަނެއް

މިހާރު ކުރިއަށްދާ ސްކޫލުތަކުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އައިކެއާ އޮޕްޓިކަލްސްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބޮޑު ޗުއްޓީ އަށް އައި ކެއާގެ ހާއްސަ ޕްރޮމޯޝަނެއް
ބޮޑު ޗުއްޓީ އަށް އައި ކެއާގެ ހާއްސަ ޕްރޮމޯޝަނެއް

"ޕްރައިޒް ޑައިސް" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ބޮޑެތި އިނާމުތަކާއި ޑިސްކައުންޓު ލިބޭނެ ކަމަށް އައި ކެއާ އިން ބުންޏެވެ. އެ ކުންފުނިން ބުނީ ޕްރޮމޯޝަން ގައި ބައިވެރިވެވޭނީ 990ރ. އިން ފެށިގެން މަތީގެ ވިޔަފާރި ކުރާ މީހުންނަށް ކަމަށެވެ.

މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ޑައިސް ރޯލުކޮށް، ޑައިސް އިން ދައްކާ އަދަދެއްގެ ޑިސްކައުންޓާއި އިނާމު ލިބޭނެ އެވެ. ޑިސްކައުންޓު ލިބޭނީ 20 ޕަސެންޓާ ހަމައަށެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އެ ތަނުގެ ހޮޓްލައިން ނަމްބަރު 3321026 އާއި ވެބްސައިޓު eyecare.mv އިން ލިބޭނެ އެވެ.