01 ޖެނުއަރީ 2017 - 20:19

އަމިއްލަ ކުންފުންޏެއްގެ ލޯންޗުގައި ފުލުހުން ކުރި ދަތުރުތަކަކަށް ދައްކާފައި ނުވާ ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދައްކަން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އަމުރުކުރީ ސެޕްޓެމްބަރު 2011 އިން ފެށިގެން އެ އަހަރު ނިމެންދެން ގއ. އަތޮޅާއި ގދ. އަތޮޅުގެ އެކި ރަށްރަށަށް އަމިއްލަ ކުންފުންޏެއްގެ ލޯންޗެއްގައި ފުލުހުން ކުރި ދަތުރުތަކަށް ދޭންޖެހޭ ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ނުދިނުމުން އެ ކުންފުނިން ފުލުހުންގެ މައްޗަށް ދައުވާ ކުރުމުންނެވެ.
ކޯޓުގެ ހުކުމުގައި ވަނީ އެ ދަތުރުތަކަށް ދައްކަންޖެހޭ 650،000 ރުފިޔާ ފުލުހުން ނުދައްކާ ހުރިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.