17 ޖުލައި 2022 - 08:08

ދުނިޔޭގައި ދެވަނަ އަށް އެންމެ މުއްސަނދި މީހާ އީލޮން މަސްކް، މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ ގަންނަން އުޅުމަށް ފަހު، އެ އެއް ނިންމުން ބަދަލުކުރި މައްސަލައިގައި އޭނާ ގޮވައިގެން ޓްވިޓާ އިން ކޯޓަށް ހިނގައްޖެ އެވެ.
ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީއީއޯ މަސްކް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން އުޅޭ ވާހަކަ ދެއްކެވި ހުރިހާ ކަމެއް ހަމަޖެހިފައިވަނިކޮށް، އެ އެއްބަސްވުން ކެންސަލްކުރީ މި މަހުގެ ކުރީކޮޅުގަ އެވެ.
ޓްވިޓާ ނުގަންނަން ފަހު ވަގުތު މަސްކް ނިންމުމުން، ޓްވިޓާއިން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ.
މަސްކްގެ ނިންމުން ބަދަލުކުރީ ސްޕޭމް އެކައުންޓްތަކާއި ފޭކް އެކައުންޓްތަކުގެ ސައްހަ އަދަދު ދޭން ޓްވިޓާ އިން އިންކާރު ކުރުމުން ކަމަށް އޭނާ ބުނެ އެވެ.
ޓްވިޓާ އިން ޑެލަވެއާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައިގައި އެދުނީ މަސްކްގެ އަތުން 44 ބިލިއަން ޑޮލަރު ހޯދުމަށެވެ.
ޓްވިޓާ އިން މަސްކްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ދެ ފަރާތުގެ ދެމެދުގައި ކުރި އެއްބަސްވުމާ ހިލާފުވުމުންނެވެ. ޓްވިޓާ ގަންނާނެ ކަމުގެ ޔަގީންކަން އެ އެއްބަސްވުމުގައި މަސްކް އޮތީ ދީފަ އެވެ.