ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ބޮލީވުޑްގެ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ
ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ބޮލީވުޑްގެ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފްގެ އުފަން ދުވަސް ފާހަގަކުރުމަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.

ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ބޮލީވުޑްގެ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ
ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރަން ބޮލީވުޑްގެ ތަރިންތަކެއް ރާއްޖެ އަތުވެއްޖެ

ކެޓްރީނާގެ 39 ވަނަ އުފަން ދުވަހަކީ މިއަދެވެ. އެ ދުވަސް ފާހަގަކުރުމަށް ކެޓްރީނާ އިއްޔެ ހެނދުނު ރާއްޖެ އައީ ފިރިމީހާ ވިކީ ކޯޝަލްއާ އެކު އެވެ. އެ މީހުންނާ އެކު ވިކީގެ ކޮއްކޮ އަދި އެކްޓަރު ސަނީ ކޯޝަލް އާއި އެކްޓްރެސް ޝަރްވަރީ ވެސް މިހާރު ހުރީ ރާއްޖޭގަ އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަނީ އާއި ޝަރްވަރީ ދަނީ "ޑޭޓް" ކުރަމުންނެވެ.

އެ ތަރިންގެ އިތުރުން ބޮލީވުޑްގެ ޑައިރެކްޓަރު ކަބީރު ހާނާއި އޭނާގެ އަނބިމީހާ އަދި ބަތަލާ މިނީ މާތުރް ވެސް ކެޓްރީނާގެ އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައެވެ.

އެ މީހުން ތިބެނީ ކޮން ރިސޯޓެއްގައި ކަމެއް ސާފެއް ނުވާއިރު. މިހާތަނަށް އެއްވެސް ތަރިއަކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެެއް ސޯޝަލް މީޑިއާ އަށް ހިއްސާއެއް ނުކުރެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކައިވެނިކުރި ކެޓްރީނާ އާއި ވިކީގެ ހަނީމޫނަށް ވެސް އައީ ރާއްޖެއަށެވެ. މިއީ އެ މީހުންގެ ކައިވެންޏަށް ފަހު ރާއްޖެ އަށް ޒިޔާރާތްކުރި ދެވަނަ ފަހަރެވެ.

ކެޓްރީނާގެ ފިލްމީ މަސައްކަތްތަކުގައި ކުރިއަށް އޮތީ "ފޯނު ބޫތު" އެވެ. އެ ފިލްމުގެ އިތުރުން ޓައިގާ 3 ގައި ވެސް ކެޓްރީނާ ފެންނާނެ އެވެ. ވިކީގެ ވެސް ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.