އެރިޒޯނާގައި ޓޫރިސްޓުންނާ ދިމާއަށް ހަޅޭލަވާ މައްސަލަ ގޯސްވެއްޖެ
އެރިޒޯނާގައި ޓޫރިސްޓުންނާ ދިމާއަށް ހަޅޭލަވާ މައްސަލަ ގޯސްވެއްޖެ

އެމެރިކާގެ އެރިޒޯނާގެ އަވަށަކަށް ޒިޔާރާތްކުރާ ޓޫރިސްޓުންނާ ދިމާއަށް އެ އަވަށުގެ މީހުން އެއްޗެހި ކިޔައި ހަޅޭލަވާ މައްސަތަކެއް އިތުރުވެ ކަންކަން ގޯސްވެއްޖެ އެވެ.

"ޖެރޯމް" ނަމަކަށް ކިޔާ އެ އަވަށަށް ކޮންމެ އަހަރަކު ވެސް އެވްރެޖްކޮށް މިލިއަނެއްހާ ޓޫރިސްޓުން ޒިޔާރާތްކުރެ އެވެ. ގާތްގަނޑަކަށް 500 މީހުން އުޅޭ "ޖެރޯމް" ގައި އެއް އިރެއްގައި ބޮޑު މައިނެއް ހުރި ނަމަވެސް މިހާރު އެއީ ޓޫރިސްޓުންނަށް ދައްކައިލަން ހުންނަ ތަނެކެވެ.

އެ އަވަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ފުރައްސާރަކޮށް، ހަޅޭލަވާ މައްސަލަ ފެންމަތިވީ ވަރަށް ފަހުންނެވެ.

އެކަމާ ގުޅިގެން "ޖެރޯމް" ގެ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އާންމުންގެ ފަރާތުން އެ އަމަލުތައް ހުއްޓާލުމަށް އިލްތިމާސް ކޮށްފަ އެވެ.

ބައެއް ހާލަތުތަކުގައި އެ ފަދަ އަމަލުތަކުގެ ސަބަބުން މައްސަލަ ކޯޓަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަތައް ފެންމަތިވަމުންދާ ސަބަބެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެ މައްސަލަތައް އިތުރަށް ބަލަމުން ގެންދާ ކަމަށް ބުންޏެވެ.