ސޯފީ އަށް ދެ ވަނަ އަންހެން ކުއްޖަކު ލިބިއްޖެ
ސޯފީ އަށް ދެ ވަނަ އަންހެން ކުއްޖަކު ލިބިއްޖެ

"ގޭމް އޮފް ތުރޯންސް" އިން މަޝްހޫރުވި އިނގިރޭސި ވިލާތުގެ އެކްޓްރެސް ސޯފީ ޓާނާ އަށް ދެ ވަނަ އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޖޯ ޖޯނަސް އާ ކައިވެނި ކުރުމަށް ފަހު، ހަތަރު އަހަރު ފަހުން ދެ ވަނަ ދަރިއަކަށް ބަލިވެ އިންކަން ހާމަކޮށްފައިވަނީ މިދިޔަ މާޗު މަހު އެވެ.

އޭނާ އަށް ދެވަނަ ކުއްޖަކު ލިބުނުކަން އިއުލާނުކުރީ އިއްޔެ އެވެ. އާއިލާގެ މެމްބަރަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނިގޮތުގައި ދެ މައިންގެ ހާލު ވެސް ރަނގަޅެވެ.

ސޯފީ އަށް އެންމެ ފުރަތަމަ ކުއްޖަކު ލިބުނީ 2020ގަ އެވެ.

އެ ދެމަފިރިން އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުގަ އެވެ. ކައިވެނިކުރީ 2019 ގެ ފަހުކޮޅުގަ އެވެ.