އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!
އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!

މި އަހަރުގެ ބޮޑު އީދު ނިންމުން ފާހަގަކުރުމަށް ވިލިމާލޭގައި މިއުޒިކް ޝޯއަކާއެކު މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.

އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!
އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!

އެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "މިހާރު" އަށް ވިދާޅުވީ، މި ހަފުތާގެ ތެރޭގައި އީދު ފާހަގަ ކުރުމުގެ ގޮތުން ވިލިމާލޭގެ މީހުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!
އީދު ނިންމުން ފާހަގަ ކުރަން ވިލިމާލޭގައި މިރޭ ހަވާ އަރުވަނީ!

އެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިރޭ 9:30 ގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާއި އެއާއެކު މިއުޒިކް ޝޯއެއް ވެސް ކުރިޔަށް ދާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ވިލިމާލޭގެ ރައްޔިތުން އިސްނަގައިގެން ބޭއްވި މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި،" އުޝާމް ވިދާޅުވި އެވެ.

ހަފުތާއަކަށް ބަންދުވެފައި އޮތް އީދު ތެރޭގައި ވިލިމާލޭގައި މާލި ޕެރޭޑާއި ކޯޑި ކެނޑުން އަދި ދަފި ނެގުން ކުރިޔަށް ގެންދިޔަ އެވެ. އަދި އެކި ކުޅިވަރުތަކާއި ކަރޯކޭ އާއި އާއިލީ ހަވީރެއްގެ އިތުރުން ވިލިމާލޭ ރައްޔިތުން އެއް ތަނަކަށް އެއްވެ އީދު ސައެއް ވެސް ބޭއްވި އެވެ.