14 ޖުލައި 2022 - 16:59

ޓްރީ ޓޮޕް ހޮސްޕިޓަލުން އެންޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) ރީކޮންސްޓްރަކްޝަން ސާޖަރީއެއް ކާމިޔާބު ކަމާ އެކު ކޮށްފި އެވެ.

ޓްރީ ޓޮޕުން އެ އޮޕަރޭޝަން ކޮށްފައި ވަނީ ހިތުގެ ބަލި ހުރި ޕޭޝެންޓެއްގެ އެވެ. އެ ޕޭޝަންޓަކީ ލިއޭން ގްލައުސާ ކިޔާ 19 އަހަރުގެ ސުވިޓްޒަލޭންޑުގެ އަންހެނެކެވެ. އޭނާ އަކީ އުފެދުމުގައި ކޮންޖެނެޓަލް ހާޓް ޑިސީސް އެއް ހުރި ޕޭޝެންޓެކެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭން ޖެހޭ އޮކްސިޖަން ލިބުމަށް ދަތިވެއެވެ. އޭގެ ސަބަބުން ހަނގަޑުގެ ކުލަ އާއި މިހާގެ ދުޅަހެޔޮ ކަމަށް އަސަރު ކުރެއެވެ.
އޭނާގެ އޭސީއެލް ލިގަމެންޓަށް އަނިޔާވެފައި ފުޓުބޯޅަ ކުޅުމުގެ ތެރެއިންނެވެ. އޭސީއެލް ލިގަމެންޓަށް ލިބޭ އަނިޔާތަކަކީ ފައި އެއްކޮށް ބަލިކަށި ކުރާ އެއްޗެކެވެ. އަދި އެ ލިގަމެންޓަށް ލިބޭ އަނިޔާތައް އާއްމުކޮށް ރަނގަޅު ކުރެވޭނީ ސާޖަރީ އާއި އެކު އެވެ. ލިއޭން އަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ އެ ހޮސްޕިޓަލުން ވަނީ ލިގަމެންޓަށް ލިބިފައި ހުރި އަނިޔާ ޑައިގްނޯސް ކޮށްފައެވެ. އެ އަށް ފަހު "ލިގަމެންޓު ޓިއާ" ވެފައި ވާކަން ދެނެގަނެ، އެކަމަށް ބޭނުންވާ ސާޖަރީ ހަދާފައި ވަނީ އެ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު ޑރ. ކަނިންރާޖް މަރިމުތު އެވެ.
ލިއޭންގެ އެ ސާޖަރީ މިހާރު ނިމި، ލިގަމެންޓަށް ލިބިފައިވާ އަނިޔާ ވަނީ އެއްކޮށް ރަނގަޅުވެފަ އެވެ. އެ ސާޖަރީ އާއި ގުޅިގެން ލިއޭން ބުނީ، އެންމެ އުފާ ވަނީ އަނބުރާ ފުޓުބޯޅަ ކުޅެން ދެވޭނެތީ ކަމަށެވެ. އަދި ހިތުގެ ބޮޑު ބައްޔެއް ހުންނަ އިރު، އެ ފަދަ އޮޕަރޭޝަނެއް ކުރުމަކީ އުނދަގޫތަކަކާއި އާއްމުކޮށް ކުރިމަތިވާ ކަމެއް ނަމަވެސް، ޓްރީ ޓޮޕްއިން ހުރިހާ ކަމެއްގެ އިންތިޒާމު ވަރަށް ފުރިހަމަ އަށް ހަމަޖައްސާފައިވާ ކަމަށެވެ. އެހެން ކަމުން، އެއްވެސް ދައްޗެއް ނެތި އޮޕަރޭޝަން ކާމިޔާބުވެއްޖެ ކަމަށް އޭނނާ ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް އިން ބުނީ އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނަކީ، އުފަންވާ އިރު ހުންނަ އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ވެސް ދިމާވާ އެ ފަދަ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ޓްރެއިންވެފައި ތިބި ޑޮކްޓަރުންކަމަށެވެ. އަދި އޭސީއެލް ލިގަމެންޓު ސާޖަރީ ކުރި ޑޮކްޓަރަކީ، ކަށީގެ ބަލިތަކާއި، ސްޕޯޓްސް އިންޖަރީތަކަށް ހާއްސަ ޑޮކްޓަރެކެވެ.