ސާރާ މިހާރު ބޭނުމީ ވިޖޭ
ސާރާ މިހާރު ބޭނުމީ ވިޖޭ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާނުގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން ޑޭޓްކުރަން ބޭނުންވަނީ ތެލޫގޫ މަޝްހޫރު ތަރި، ވިޖޭ ދެރަވަކޮންޑާއާ އެކު ކަމަށް ބުނެފި އެވެ.

ކަރަން ޖޯހަރުގެ ސެލެބްރިޓީ ޗެޓް ޝޯ، "ކޮފީ ވިތު ކަރަން" ގައި ސާރާ ވަނީ އޭނާ ވިޖޭ އަށް ޑޭޓްކުރަން ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ސާރާއާއެކު ޒުވާން ތަރި ޖާންވީ ކަޕޫރު ބައިވެރިވާ އެ އެޕިސޯޑުގެ ޕްރޮމޯޝަނަލް ވީޑިއޯ އާންމުވެ، ވިޖޭ ވަނީ ޝޯގައި ސާރާ އޭނާގެ ފަހަތު ނަން ޕްރޮނައުންސް ކުރި ގޮތް ވަރަށް ކަމުގޮސްގެން އެ ވާހަކަ ދައްކައިފަ އެވެ.

އެ ޝޯގައި ސާރާ އެ ގޮތަށް ބުނުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔެވެ. ސަބަބަކީ އެންމެ ފުރަތަމަ އެ ޝޯގައި އޭނާގެ ބައްޕައާ އެކު ބައިވެރިވެ، ކާތިކްއާ ޑޭޓްކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ. އޭގެ ފަހުން ސާރާ، ކާތިކްއާ ރައްޓެހިވެގެން އުޅުނެވެ. އެކަމަކު އެ މީހުންގެ ފިލްމު "ލަވް އާޖް ކަލް 2" ރިލީޒްކުރިތާ މާގިނަ ދުވަސްތަކެއް ނުވެ ރުޅިވުމުން ބައެއް މީހުން ބުނެފައި ވަނީ އެއީ ސާރާ ޖައްސާ ސްޓަންޓެއް ކަމަށެވެ.

އެ ދުވަސްވަރެއްގައި މަޝްހޫރު މީހުންގެ ނަން ޝޯގައި ބުނެ ސާރާ އުޅެނީ އެ މީހުންނާ އެކު ފިލްމު ކުޅެން ބޭނުންވެެގެން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ސަރާ މިވަގުތު ހުރީ ސިންގަލްކޮށެވެ.

ވިޖޭއަކީ ސައުތު އިންޑިއާގެ ފިލްމުތަކުގައި ވަރަށް މަޝްހޫރު ތަރިއެކެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު، "ލައިގާ" ރިލީޒްކުރަން ގާތްވެފައިވާއިރު، އެ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.