14 ޖުލައި 2022 - 06:31

ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯންއާ ވައްތަރު އަންހެނަކު ފެނި ސަޕޯޓަރުން ހައިރާންވެއްޖެ އެވެ.
"އޯމް ޝާންތީ އޯމް" އިން 2007 ގައި ބޮލީވުޑަށް ނުކުތް ދީޕިކާއަކީ ގިނަ ބައެއްގެ މަގްބޫލުކަމާއި ލޯބި ހޯދާފައިވާ ތަރިއެކެވެ. ކާމިޔާބު އެތައް ފިލްމެއްގައި މަސައްކަތްކޮށް، އޭނާގެ ނަން ފިލްމު އިންޑަސްޓްރީގައި ވިދާލާފައިވާއިރު ދީޕިކާގެ ރީތިކަމުގެ ޖާދޫގައި އެތައް ބަޔަކު ތިބީ ޖެހިފަ އެވެ.
މި ފަހަރު އާންމުންގެ ސަމާލުކަން ލިބުނީ އަންހެން ކުއްޖަކު ދީޕިކާއާ ވައްތަރުވެގެންނެވެ. ރިޖުތާ ގޯޝް ނަމަކަށް ކިޔާ އެ ކުއްޖާއަކީ ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރެކެވެ.
ސޯޝަލް މީޑިއާގައި އޭނާ އާންމުކުރި ފޮޓޯއަކާއެކު ގިނަ ބަޔަކު ބުނަނީ ދީޕިކާއާ ރިޖުތާ ގޯޝް ވަރަށް ވައްތަރު ކަމަށެވެ.
ސޯޝަލް މީޑިއާގައި ރިޖުތާ ގޯޝް އާންމުކުރި ފޮޓޯތަކުން، ލޯ މަތިން ދީޕިކާއާ ވަރަށް ވައްތަރު ގޮތެއް ހުރެ އެވެ. އެކަމަކު ދީޕިކާގެ ހުންނަ ކަހަލަ ޑިމްޕަލްއެއް ނެތެވެ.
އެ ފޮޓޯތަކާ ގުޅިގެން މިހާތަނަށް ދީޕިކާ ރިއެކްޓެއް ނުކުރެ އެވެ.
ދީޕިކާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ "ގެހެރާއިޔާ" ގަ އެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ޝާހުރުކްހާނާއި ޖޯން އަބްރަހަމްއާ އެކު ކުޅޭ "ޕަތާން" އެވެ.