13 ޖުލައި 2022 - 18:51

"ޔޫއެފާ ވިމެންސް ޔޫރޯ 2022" ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު މޯބައިލް އެޕްލިކޭޝަން، ދިރާގު ޕްލޭ އިން ބެލޭނެ ގޮތް ހަމަޖައްސައިފި އެވެ.
ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެ މުބާރާތް މިދިޔަ ހަފުތާގައި ފަށާފައިވާއިރު، ދިރާގުން ބުނީ މުބާރާތުގެ މެޗުތައް ޗެނަލް 104 "ސޮނީ ޓެން 2 އެޗްޑީ" އިން ވަގުތުން ފެންނާނެ ކަމަށެވެ. އަދި ވަގުތުން ދައްކާ މެޗުތައް މޮބައިލް އެޕުން ވެސް ސްޓްރީމް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނިގޮތުގައި، މެޗުގެ ތާވަލު ދިރާގު ޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ބަލައިލެވޭނެ އެވެ.
ދިރާގު ޓީވީން އެ މެޗުތަކާއި މުނިފޫހިފިލުވުމުގެ އިތުރު ކޮންޓެންޓު ބަލަން ބޭނުންވާ މީހުންނަށް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގު ޓީވީގެ ބޭސިކް ޕެކޭޖަށް 350ރ. އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި 65ރ. އަށް ދިރާގު ޕްލޭ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
ދިރާގު ޓީވީން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން އަލަށް ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަނާއި ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔާލެސް ކީބޯޑް ވެސް ލިބޭނެ އެވެ. އެއީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.