ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި
ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި

މަޝްހޫރު ސްމާޓްފޯން ކުންފުނި ވަންޕްްލަސްގެ ކުރީގެ ކޯ ފައުންޑާ އަދި ވެރިޔާ، ކާލް ޕެއި، އުފެއްދި އާ ކުންފުނި "ނަތިން"ގެ ފުރަތަމަ ސްމާޓްފޯނު ދައްކާލައިފި އެވެ.

ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި
ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްމާޓްފޯނު ކުންފުނި "އެޕަލް"އާ ވާދަކުރާނެ ކަމަށް އިއުލާނުކޮށް ނަތިން އިން ފޯނެއް ނެރޭނެ ކަމަށް އިއުލާނުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެއާ އެކު ފޯނު ލޯންޗުކުރުމާ ހަމައަށް އެ ފޯނާ ގުޅޭ ތަފާތު އެކި މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި
ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި

ލަންޑަންގައި ބޭއްވި އިވެންޓެއްގައި އެ ކުންފުނީގެ ފުރަތަމަ ފޯނު "ފޯން (1)" އިއުލާނުކޮށް ދައްކާލާފައިވަނީ ރޭގަ އެވެ.

ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި
ތަފާތު ގޮތަކަށް ހެދި "ނަތިން" ފޯނު ދައްކާލައިފި

ފޯނު އުފެއްދުމުގެ އެންމެ މުހިއްމު ސަބަބަކީ ސްމާޓްފޯނުގެ ދުނިޔެއަށް ތަފާތެއް ގެނެސް އަލުން ދިރުން ގެނައުން ކަމަށް ކާލް ޕެއި ކުރިން ބުނެފައިވެ އެވެ. ނަތިން ފޯންގެ ޑިޒައިނުން އެކަން ކާމިޔާބުވެ އެވެ.

ފޯނުގެ ޑިޒައިން އެހެން ފޯނުތަކަށް ވުރެ ތަފާތެވެ. އެތެރެ ފެންނަ ގޮތަށް ހަދާފައިވާ އެ ފޯނުގެ ފަހަތުގައި އެލްއީޑީ ލައިޓްތަކެއް ބޭނުންކުރެ އެވެ. އެ ލައިޓްތަކަކީ ފޯނުގެ ނޮޓިފިކޭޝަންތަކާއި ކޯލްތަކަށް ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭނެ ލައިޓްތަކެކެވެ. އޭގެއިތުރުން ފޯނު ޗާޖުވާ މިންވަރު ވެސް މި ލައިޓްތަކުން އެނގޭނެ އެވެ.

ނަތިން ފޯނުގެ އިންޓާނަލްސް އަށް ބަލާ ނަމަ މިއީ ފްލެގްޝިޕް ފޯނެއް ނޫނެވެ. މި ފޯނުގައި ބޭނުންކޮށްފައިވާ ޗިޕްސެޓުން ފެށިގެން ސްކްރީނަކީ ވެސް ފްލެގްޝިޕް ލެވެލް އަށް ވުރެ ތަންކޮޅެއް ދަށް އެއްޗެއްސެވެ. އެހެންވެ ފޯނުގެ އަގުތައް ތިރި ކޮށްލެވޭނެ އެވެ. ނަތިން ފޯނުތައް ވިއްކަން ފަށާ އަގަކީ 400 އެމެރިކާ ޑޮލަރެވެ.

ކާލް ޕެއި ބުނ ގޮތުގައި ނަތިން ފޯނަކީ އެންމެ އަގުބޮޑު ފޯނަށް ހަދަން ބޭނުން ފޯނެއް ނޫނެވެ. ނަމަވެސް ސޮފްޓްވެއާ އޮޕްޓިމައިޒް ކޮށްގެން އެ ފޯނަކީ ވަރަށް އަވަސް އަދި އޮމާން އެކްސްޕީރިއަންސް ލިބޭނެ ފޯނަކަށް ވާނެ ކަމަށް ބުންޏެވެ.

ނަތިްނ ފޯނު ލިބޭނީ ދުނިޔޭގެ ބައެއް ސަރަހައްދުތަކުންނެވެ. އެ ފޯނު ވިއްކަން ފަށާނީ މި މަހުގެ 21 އިން ފެށިގެންނެވެ. އަދި އެ ކުންފުނީގެ ވެބްސައިޓުން ވެސް ފޯނު ވިއްކާނެ އެވެ.