ލައިގާގެ ފުރަތަމަ ލަވަ ނެރެފި
ލައިގާގެ ފުރަތަމަ ލަވަ ނެރެފި

ތެލޫގޫ ފިލްމުތަކުން މަގްބޫލުވި ވިޖޭ ދެރަވަކޮންޑާގެ ފުރަތަމަ ބޮލީވުޑް ފިލްމު، "ލިންގާ" ގެ ލަވައެއް ނެރެފި އެވެ.

"އަރްޖުން ރެއްޑީ" ކަހަލަ ހިޓް ފިލްމުތަކުން ފެނުނު، ވިޖޭ ބޮލީވުޑަށް ނިކުންނާނީ ޒުވާން ތަރި އަނަންޔާ ޕާންޑޭއާ އެކު އެވެ. އެ ފިލްމު ތެލޫގޫ ބަހުން ވެސް ރިލީޒްކުރާތީ އެ ފިލްމު ވާނީ އަނަންޔާގެ ފުރަތަމަ ތެލޫގޫ ފިލްމަށެވެ.

ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 25 ގަ އެވެ.

ފިލްމުގެ ފުރަތަމަ ލަވަ، "އަކްޑި ޕަކްޑި" ހޯމަ ދުވަހު ރިލީޒްކޮށްފައި ވާއިރު މިހާތަނަށް އެއަށް 10 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. ފޯރިގަދަ އެ ލަވަ ކިޔާފައި ވަނީ ދޭވް ނެގީ އާއި ޕަވްނީ ޕާންޑޭ އަދި ލިޖޯ ޖޯޖް އެވެ.

ކަރަން ޖޯހަރު ކޯ ޕްރޮޑިއުސްކުރާ އެ ފިލްމުގައި ވިޖޭ ފެންނާނީ ބޮކްސިން ތަޅާ މީހެއްގެ ރޯލުންނެވެ. ފިލްމުގައި ރަމްޔާ ކްރިޝްނާ އާއި ރޯނިތު ރޯއީ ކަހަލަ ތަރިން ވެސް ފެންނާނެ އެވެ.

ފިލްމު ފަސް ބަހަކުން ނެރެން ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހިންދޫ އާއި ތެލޫގޫ އާއި ތަމަޅަ އަދި މަލަޔާލަމްގެ އިތުރުން ކަންނަޑާ ބަހެވެ.

ވިޖޭ ކުރިން ބުނެފައިވާ ގޮތުގައި އެ ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަކީ އޭނާގެ ހަޔާތުގައި އެންމެ ޗެލެންޖިން ރޯލެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އެ ހުށަހެޅުމަކީ ޗެލެންޖެއް ކަމަށް ބުނެ ވިޖޭ ވަނީ އެ ފިލްމަށް އޭނާ ވަރަށް ބުރަ މަސައްކަތްކޮށްފައިވާ ކަމަށެވެ.